އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
ޕްރީސުކޫލު ކުޅޭސަރަހައްދު ކަޅުދާޖަހާ ހިޔާކުރުން

`

 

އއ.މާޅޮހު ސްކޫލް

އއ.މާޅޮސް ، ދިވެހިރާއްޖެ

   ތާރީޚް:13/02/2017

                                                                ނަންބަރު:GS-151/IUL-2017-08

 

 

ޕްރީސްކޫލް ކުޅޭ ސަރަޙައްދު  ދާޖަހާ ހިޔާ ކުރުން

 

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސުކޫލުގެ ޕްރިސްކޫލް ކުޅޭ ސަރަޙައްދު ދާޖަހާ ހިޔާ ކުރުމަށް 31 ޖެނުއަރީ 2017 ގައި ކޮށްފައިވާ އިއުލާން GS-151/IUL-2017-07އަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައި ނުވުމުގެ ސަބަބުން އެއިއުލާން ބާތިލުކުރުމަށް ފަހުގައި މި ސުކޫލުގެ ޕްރިސްކޫލް ކުޅޭ ސަރަޙައްދު ދާޖަހާ ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 ފެބްރުއަރީ 2017 ބުރާސްފަތި ދުވަހު13:30

20 ފެބްރުއަރީ 2017 ހޯމަ ދުވަހު 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:45 އަށް 660844/7952663 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

މަޖޫ ސެބަސްޓިއެން

ޕްރިންސިޕަލް

                                                                 

13 ފެބުރުވަރީ 2017
ހޯދާ