މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ (IUL/447-PR/1/2017/15) ނަންބަރު އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކުރުމުގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީތައް ރަށްރަށަށް ގެންގޮސް ގެނައުމަށް ކުރާ ވަކި ވަކި ދަތުރުތަކަށް ކޮޅުވެއްޓިއެއް ކުއްޔަށް ހިފަންބޭނުންވެއެވެ. 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ފެބުރުވަރީ 2017 ބުރާސްފަތި ދުވަހުގެ 12:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 22 ފެބްރުވަރީ 2017 ވާ ބުދަ ދުވަހުގެ 12:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                             13  ފެބުރުވަރީ  2017       

13 ފެބުރުވަރީ 2017
ހޯދާ