މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ވައިސް ރެކްޓަރ

މި ކުންފުނީގެ ދަށުން އުފައްދާފައިވާ އެޑިއުކޭޝަނަލް އިންސްޓިޓުއުޓްގެ ވައިސް ރެކްޓަރ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް     : ވައިސް ރެކްޓަރ

ބޭނުންވާ އަދަދު  : 1 (އެކެއް)

މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • އިންސްޓިޓުއުޓްގެ އެންމަހައި ކަންކަން އިސްކޮށް ރާވައި ހިންގުން؛  
  • އިންސްޓިޓުއުޓްގެ ސްޓްރޭޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލުން؛
  • އިންސްޓިޓުއުޓްގެ ސްޓްރޭޓެޖިކް އެކްޝަން ޕްލޭން އާއި އެއްގޮތަށް ކޯސްތައް ރާވައި ކަރިކިއުލަމް ތައްޔާރުކުރުމާއި، ކޯސްތައް ސުޕަވައިޒް ކުރުން؛
  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަޢުލީމާއި ތަރައްޤީގެ ފުރުޞަތުތައް ހޯދުމާއި އިންސްޓިޓުއުޓްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން؛
  • އިންސްޓިޓުއުޓް އިން ހިންގައި ކޯސްތަކާއި އަދި ޕްރޮގްރާމްތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛
  • ބޭރުގެ ފަރާތާއި ގުޅިގެން ބޭއްވޭ ކޯސްތައް ކޯޑިނޭޓްކޮށް ހިންގުން؛
  • އިންސްޓިޓުއުޓް އިން ކުރިޔަށްގެންދާ ދިރާސާތަކާއި ޝާއިޢުކުރާ ފޮތްތައް ޝާއިޢުކުރުމުގެ ކަންތައް ކޯޑިނޭޓްކުރުން؛

މަޤާމުގެ ޝަރުތު:

  • މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު އެޑިއުކޭޝަން ދާއިރާއިން މަދުވެގެން 05 (ފަސް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  • ތަމްރީން ޕްރޮގްރާމްތައް ތަރައްޤީކޮށް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

20 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހަށަހަޅަން އެދެމެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ[email protected] އަށް ފޮނުވުމަށް އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މޫކާއި ސޫޓްސް (މ. ސަކައިމޫ)،ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

ފޯން :3008300 960  |  ފެކްސް: 3008399 960

އީމެއިލް: [email protected]

 

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 12 ޖުމާދަލްއޫލާ 1438

08  ފެބްރުއަރީ 2017

 

08 ފެބުރުވަރީ 2017
ހޯދާ