ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

އިޢުލާން

މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށް، 6 މަސްދުވަހަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

  • އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
  • ސާފުކުރާ ސާމާނު

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 26 ފެބްރުއަރީ 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން : 6800610 ފެކްސް : 6800799 އީމެއިލް : l.fonadhoo @judiciary.gov.mv

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

 

11 ޖުމާދަލްއޫލާ  1438

13 ފެބްރުއަރީ 2017

13 ފެބުރުވަރީ 2017
ހޯދާ