ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުމަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް ބޭނުންވެއްޖެއެެވެ.

 

ބޭނުންވާ ޢަދަދު: 1( އެކެއް )

 

ޝަރުތު

  • ލިޔަންކިޔަން އެގުން.
  • ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސް އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • ފަސް އަހަރު ވެފައިވާ ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އުޅަނދަކަށް -/25ރ (ފަންސަވީސް ރުފިޔާ) ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 20 ފެބުރުވަރީ 2017 ވަނަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

12 ފެބުރުވަރީ 2017
ހޯދާ