ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހައްދުންމަތީ ޝަރަފުވެރި އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ އިނާމްހޯދުމާއިގުޅޭ

މިކައުންސިލްގެ 2016 ވަނަ އަހަރުގެ އިހައްދުންމަތީ ޝަރަފްވެރި އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޝީލްޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)240-ADS/240/2017/7 (30 ޖެނުއަރީ 2017) އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށިގެންވާ ވަރަށްވުރެ ބޮޑުކަމަށްފެންނާތީ، އެއިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލީމެވެ.

 

ވީމާ، އިހައްދުންމަތީ ޝަރަފުވެރި އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ އިނާމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 19 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމުގައި ދަންނަވަމެވެ.

12 ފެބުރުވަރީ 2017
ހޯދާ