ދިވެހިރާއްޖެ
މަޤާމު: ލައިބްރޭރިއަން ( ވަގުތީ )
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ އެސް 3
މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް
ބޭނުންވާ ޢަދަދު: 01
މުސާރަ: 4465.00 ރ
ސަރވިސް އެލަވަންސް: 1500.00 ރ
ޝަރުތު:
1- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލް ކޮށްފައި ވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
2- ސާނަވީ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައި ވުމާއި އެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ލައިބްރަރީއަށް އަލަށްގެންނަ ފޮތްތައް ޕްރޮސެސްކޮށް، ބައުވާ ނުވަތަ ބަދަލުކުރާފޮތްތައް ރޯ ޕްރޮސެސް ކުރުން.
- ފޮތްތައް އެންޓަރ ކުރުމާއި ކޮންމެ ދުވަހެއްގެ ޗާޓު ތައްޔާރު ކުރުން.
- ޕޮކެޓްސްއާއި ޑޭޓް ލޭބަލްހެދުން.
- ލައިބްރަރީގެ ފަރާތުން ފާހަގަކުރާ ޚާއްސަ ދުވަސްތައް ފާހަގަކުރުމާއި ލައިބްރަރީގެ ފަރާތުން ބާއްވާ އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ލައިބްރަރީގެ ފަރާތުން ކުދިންނަށްދެވޭ އެކިއެކި ސެޓްފިކެޓާއި ހަނދަނީލިޔުން ތައްޔާރުކުރުން.
- އަހަރު ނިމުމުގެ ކުރިން ސްކޫލްގެ ވެރިންނާއި ޓީޗަރުން ނަގާފައިހުންނަ ފޮތްތަކުގެ ލިސްޓް ތައްޔާރުކޮށް އެފޮތްތަށް ހޯދުން.
- ލޮސްޓް އެންޑް ރިޕްލޭސް ލިސްޓް ތައްޔާރު ކުރުން.
- ބައިންޑް ލިސްޓް ތައްޔާރުކުރުން.
- ކޮންމެ ޓާރމަކު އެއްފަހަރު ރިމައިންޑާ ސްލިޕް ފޮނުވުން.
10. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި،ގާބިލް ކަމާއި ސިފަތައް.
ހުށައަޅަންޖެހޭ ތަކެތި: - ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ނަންބަރާއެކު)
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި(މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- މުއްދަތު ހަމަނުވާއައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް
- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް
ސުންގަޑި:މަޤާމުތަކަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 21 ފެބުރުއަރީ 2017 ވާ އަންގާރަ ދުވަހުގެ14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް: ފޯން:3008736
ފެކްސް: 3313726
- ވަޒީފާއަށް އެދޭ ފޯމް އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.
ނޯޓް:މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 02 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.
15 ޖުމާދަލްއޫލާ 1438
12 ފެބުރުއަރީ 2017