އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް ސްކިޕަރ
ބޭނުންވާ އަދަދު:01 (އެކެއް)
ކޮންޓްރެކްޓް މުއްދަތު: 12 މަސްދުވަސް
އަސާސީ މުސާރަ: މަހަކު -/6000 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯގެ އަމިއްލަ ދޯނިފަހަރުގައި ނުވަތަ މެނޭޖުކުރާ ދޯނިފަހަރުގައި
އެހެނިހެން ޢިނާޔަތްތައް:
- ކޮންޓުރެކްޓު އެލަވަންސް: މަހަކު -/1200 ރުފިޔާ
- ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: މަހަކު -/350 ރުފިޔާ
- ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.
- ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ކާރގޯ ލޯޑިންގ އަދި ޑިސްޗާޖު ކުރުމުގެ ކަންތައް މޮނީޓަރކުރުން
- ފަޅުވެރިން ބެލެހެއްޓުމާއި، ބޯޓާއި މުދާ ބެލެހެއްޓުމާއި، ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ:
- ސީ، ޑީ ކެޓަގަރީ ޑްރައިވިންގ ލައިސެންސް އޮތުމާއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އަސާސީ ތަޢުލީމީ ފެންވަރުހުރި މީހަކު ކަމުގައިވުން
- މަދުވެގެން އެއްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
- މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.sto.mv
11 ޖުމާދަލްއޫލާ 1438
|