ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް، މިއިދާރާއިން އަންގާ ގޮތެއްގެ މަތީން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބްރުއަރީ 15 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ހާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބްރުއަރީ 22 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް ހާޒިރުވާއިރު އައިޑީ ކާޑުގެ އަޞްލު ގެންނެވުން އެދެމެވެ. ބަދަލުގައި މީހަކު ޙާޟިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު، އެކަން ސިޓީއަކުން މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ޖަމްޢިއްޔާ އަކުން މައުލޫމާތު ސާފުކުރާނަމަ ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްއަންގައިދޭ ސިޓީއެއް (ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ލެޓާރހެޑްގައި) ގެންނަންވާނެއެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2017
ހޯދާ