ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ ރިސެޕްޝަން

ތަޢުލީމާ ތަޖުރިބާ:

 

1-       ސާނަވީ އިމްތިޙާނަކުން މަދުވެގެން 5 މާއްދާއިން ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ 04 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން. ނުވަތަ

2-       މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-       މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4-       މަޤާމާއި ގުޅޭ ދައިރާއަކުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

5-       މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       ކަސްޓަމަރ ސަރވިސް ސެންޓަރގެ ދަށުން ދެވޭ ޚިދުމަތްތައް ސްޕަވައިޒްކޮށް ޚިދުމަތުގެ ފެންވަރު ރަގަނޅު ކުރުމަށް މަސައްކަތްކުރުން.

2-       އެކިކަންކަމާއި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ވާހަކަ އަޑުއަހާ، މައްސަލަތައް އަވަހަށް ހައްލުކޮށް ވެރިންނަށް އެކަން އެންގުން.

3-       ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލްގެ ފްލޯ ބަލަހައްޓާ، ބަލިމީހުންނަށް އަދި ކަސްޓަމަރުންނަށް އެހީވާނެގޮތްތައް ރާވާ، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

4-       ކަސްޓަމަރ ސަރވިސްގެ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ އާއި ޗުއްޓީތައް ބެލެހެއްޓުން.

5-       ފަރުވާ ހޯދުމަށް އަންނަ މީހުންނަށް މަގުދައްކައިދީ އެހީތެރިވެވޭނެގޮތްތައް ކަނޑައަޅާ އެކަންކުރުން.

6-       ކުއްލި ޙާލަތުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

7-       ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބޭނުންވާ އެހީތެރިކަން ދިނުން.

 

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2017 ފެބްރުއަރީ  16 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 ފެބުރުވަރީ 2017
ހޯދާ