އިސްދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިސްދޫ ސްކޫލް                         

ލ.އިސްދޫ                                                 

ދިވެހިރާއްޖެ                                         ނަމްބަރ: GS-186/IU/2017/05                                              

 

އިޢުލާން

ވަޒީފާގެ ފުރުޞަތު – އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް 3

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަދާކުރަންޖެހޭ ތަނާއިރަށް

އިސްދޫ ސްކޫލް / ލ. އިސްދޫ

 

އަސާސީ ޝަރުޠު:

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ،

2. ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

 

 

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ވައުޗަރ ނިޒާމް، މާލިއްޔަތުގެ ގާނޫނާއި އެއްގޮތަށް ބެލެހެއްޓުން.
  • ތިޖޫރީ ބާކީ ބެލެހެއްޓުން
  • ބީ.އެމް އެލް. އެކައުންޓް ބާކީ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން
  • ޗެކްތަކުން ފައިސާ ހަވާލުކުރުން
  • އެކިއެކި ފަރާތްތަކާއި  ފައިސާ ހަވާލުކުރުން
  • ލިބޭ ފައިސާގެ ދުވަހުފޮތް ބެލެހެއްޓުން
  • ބިލް ރެޖިސްޓްރީ ބެލެހެއްޓުން
  • ޗެކްހަވާލުކުރާ ފޮތް ބެލެހެއްޓުން
  • ސްކޫލްގެ ފައިސާ ރައްކާކުރާ ތިޖޫރީ ބެލެހެއްޓުން
  • ކޭޝް ފްލޯރ ތައްޔާރުކުރުން.
  • ބަޖެޓް ފައިސާ އާއި މުސާރަ ފައިސާގެ ވައުޗަރ ތައްޔާރު ކުރުން.
  • އިންކަމް އެންޑް އެކްސް ޕެންޑިޗަރ ރިޕޯރޓް ކޮންމެ މަހެއްގެ 08 ގެ ކުރިން ތައްޔާރުކުރުން       
  •  
    • ކޭޝް ފްލޯރ / ބަޖެޓް ، މުސާރަ ވައުޗަރ / ޕެންޝަން ރިސިޓް މުސާރަ ޝީޓް ކޮންމެ މީލާދީ މަހެއްގެ 19ގެ ކުރިން ފޮނުވުން

 

  • ބަޖެޓް ރިޕޯރޓް، މުސާރައިގެ ރިޕޯރޓް، ތިޖޫރީ ރިޕޯރޓް، އަދި ރީކޮންސިލިއޭޝަން ކޮންމެ މީލާދީ މަހެއްގެ 08 ވަނަ ދުވަހުގެ ކުރިން، ފާއިތުވި މަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން               
  • ފައިސާ ދައްކަން ޖެހޭ ބިލެއް ވާނަމަ 3ނުވަތަ 14 ދުވަހުގެ ކުރިން  އެބިލެއް ގެ ފައިސާ ގަވާއިދުން ދެއްކުން.
  • އެކި އެކި  ފަރާތްތަކާއި ހަވާލުކުރަން ފައިސާ އެއް ފޮނުވާނަމަ ފައިސާ  ހަވާލުކުރަން ދާ މިސްކޫލްގެ މުވައްޒަފާއި ގަވާއިދުން ފައިސާ ހަވަލު ކޮށް  ފޮނުވުން
  • ފައިސާއާއި ބެހޭ އެންމެހައި ލިޔެކިޔުން ތައް ގަވާއިދުން  ފައިލްކޮށް ބެލެހެއްޓުން
  • ފައިސާ އާއި ބެހޭ ރިޕޯރޓް ތައް ފައިލްކުރުން
  • މިސްކޫލުން ބާއްވާ އެކި އެކި ބައްދަލްވުންތަކާއި ޖަލްސާތަކުގެ އެކި އެކި ކަންކަމުގައި މިސްކޫލުން އަންގާ ގޮތެއްގެ  މަތީން ހަރަކާތް ތެރިވެ އެއްބާރުލުން ދިނުމާއިއެކު ސްކޫލަށް ރީތި ނަން ހޯދައިދިނުމަށްމަސައްކަތްކުރުން                                              *  ކޭންމް ބްރިޖް އިމްތިހާނާއި އެސްއެސް ސީ އިމްތިހާނުގެ ފައިސާ ބަލައިގަތުމާއި، ފައިސާގެ ލިޔެކިޔުން ތައް ފަރުވާތެރިކާއި ބެލެހެއްޓުން.
    • އޮފީސް ތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތާއި ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް ކުރުން                                                     
    • އެކި އެކި ބޭނުން ތަކުގައި އޮފީހަށް އަންނަ މުވައްޒަފުންނަށް އެހީތެރިވެދިނުން
    • ސްކޫލްގެ އިތުރު ހަރަކާތް ތައް ހިންގުމުގައި އެހީތެރިވުން
    • ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ މިސްކޫލްގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
    • ރަށަށް ވަޑައިގަންނަވާ ވަފްދުތަކާއި އެކިއެކި ބޭފުޅުން ސްކޫލާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
    • ސްކޫލް ފަރާތުން ބެލެނިވެރިންނާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
    • ސްކޫލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެފުރިހަމަކުރުން 
    • ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.                                                                
    • ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
    • އިތުރުހަރަކާތްތަކުގެ ސަރޓިފިކެޓް ތައްޔާރުކުރުން
    • ޚާއްޞަ ހާލަތްތަކުގައި ވެރިންއަންގަވާ ދާއިރާއާއި ގުޅުން ހުރި އެހެނިހެން އެންމެހައި މަސައްކަތްތައްކުރުން
    • މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި، ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ،  2017ފެބުރުއަރީ 15  ވާ ބުދަދުވަހުގެ 13:30 ގެ ކުރިން އިސްދޫ ސްކޫލްއަށެވެ.

 

އިންޓަވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން 2 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ލިޔުމަކުން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6800562 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

     

               05 ފެބުރުއަރީ 2017  

05 ފެބުރުވަރީ 2017
ހޯދާ