ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރަކު ތަމްރީނު ކުރުމަށް މީހަކު ހޯދުން

   ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                           ނަމްބަރު: GS07/IUL/2017/005

އިޢުލާން

 

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރަކު ތަމްރީނު ކުރުމަށް މީހަކު ހޯދުން

 

 

ބޭނުންވާ އަދަދު:                   1 (އެކެއް)

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން / ނ.އަތޮޅު ތަޢުލީމީ މަރުކަޒު    

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

-          މަދަރުސާގައިތިބި ޚާއްޞައެހީއަށްބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

-          ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

-          ކިޔަވައިދޭން ހަމަޖެހިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

-          މަދަރުސާގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

-          ދިވެހިސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މަދަރުސާގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

-          މި މަދަރުސާގައި ހިންގަމުންދާ ސެން ކްލާހުގެ ދަރިވަރުންނަށް ކިޔަވައިދިނުމާއި އަދި ކިޔަވައިދިނުމާ ގުޅޭ އެންމެހާ މަސްއޫލިއްޔަތުތައްއަދާކުރުން.

-          ސެން ކްލާހުގެ ދަރިވަރުންގެ އިތުރު ޙަރަކާތްތައް ރާވައި ހިންގައި ބައިވެރިވެ މަސައްކަތްކުރުން.

ޝަރުތު:

-           ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސްލި ލިބިފައިވުން.

 

 

މީހަކު ހޮވުމަށް ބެލެވޭނެ ކަންތައް

 

-        ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

                            

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ތަމްރީނު ފުރުޞަތައް އެދި ހުށައަޅާ ސިޓީ

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

ނ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

 

 

ތަމްރީނު ފުރުޞަތައް އެދެންވީ ގޮތާއި ސުންގަޑި

 

-       ތަމްރީނު ފުރުޞަތައް އެދި ހުށަހަޅަންޖެހޭ ސިޓީއާއި، ތަކެތި ހުށަހަޅުއްވާނީ މިމަދަރުސާގެ (ނ.އަތޮޅު ތަޢުލީމީ މަރުކަޒު) ގެ އިދާރާ އަށެވެ.

-        ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 ފެބުރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

 

 

 

 

12 ޖުމާދިލްއޫލާ 143829

09 ފެބުރުއަރީ 2017

09 ފެބުރުވަރީ 2017
ހޯދާ