އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ލޭބަރ
ބޭނުންވާ ޢަދަދު: 4 (ހަތަރެއް)
އަސާސީ މުސާރަ: މަހަކު -/3240 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް (3 މަސްދުވަސް)
މަސައްކަތް ކުރަންޖެހޭތަން: ހޯމް އިމްޕްރޫވްމަންޓް
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައި ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ހޯމް އިމްޕްރޫވްމަންޓްގެ އެތެރެޔާއި ބޭރު ސާފުކުރުން
- ޑެލިވަރީ ކުރުމުގައި އެހީތެރިވުން
- ފިހާރައިގެ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން
ޝަރުތު:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި ބަހާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވުމާއި ޝިފްޓް ޑިއުޓީ އަދާ ކުރެވޭނެ މީހެއް ކަމުގައިވުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކަށާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
07 ފެބުރުވަރީ 2017
|