މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އައިސްޕްލާންޓް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ހދ. މަކުނުދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

 

ލޯނުގެ ބޭނުމަކީ މަސްވެރިން ބާނާމަސް، މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް ހދ. މަކުނުދޫގައި އައިސްޕްލާންޓެއް ޤާޢިމުކުރުމެވެ. މި ލޯނުންލިބޭ ފައިސާ ބޭނުންކުރަންވާނީ އައިސް ޕްލާންޓް ބެހެއްޓުމަށް ހޯދަންޖެހޭ މެޝިނަރީޒް ގަތުމަށެވެ.

 

މިލޯނުގެ ޖުމްލަ ޢަދަދަކީ 3 މިލިއަން ރުފިޔާއެވެ.

 

މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމު ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ލިބެން ހުންނާނެއެވެ.

 

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 05 އެޕްރީލް 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންނެވެ.

 

11 ޖުމާދަލް އޫލާ 1438

08 ފެބުރުވަރީ   2017

08 ފެބުރުވަރީ 2017
ހޯދާ