މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ފޯޅާސާފުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް

 

ނަންބަރ:MMS-A/2017/8

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސަރވިސްއަށް ފޮޅާސާފުކުރުމަށް ބޭނުންކުރާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރ MMS-A/2017/03 އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަލަން ހާޟިރުވެފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

               ވީމާ ތިރީގައި މިދަންނަވާ ތަކެތި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވިއްކެވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްކަތުން 21 ފެބްރުއަރީ 2017 ވާ އަންގާރަ  ދުވަހުގެ ހެނދުނު 11:00 ގައި ހުޅުލޭގައި ހުންނަ މިސަރވިސްގެ އޮފީހަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

#

ބާވަތް

ޢަދަދު

#

ބާވަތް

ޢަދަދު

1

ހޭންޑް ސޯޕް (ލިކުއިޑް)

12 ފުޅި

08

މޮޕް

20

2

ފްލޯ ކްލީނަރ މޮޅު (ބޮޑު) (ލިކުއިޑް)

45 ފުޅި

09

ބްލީޗް (ލައްފިލުވާ)

48 ފުޅި

3

ޓޮއިލެޓް ކްލީނިންގް ލިކުއިޑް (ހާރޕިކް / ކްލީން ކްލީން / ސާފް / ވިމް ފަދަ ބްރޭންޑެއް)

45 ފުޅި

10

އެއަރ ފްރެސްނަރ (ސްޕްރޭ)(ސްޓެއްލާ / ކޮންކޯޑް / އައިކެއަރ ފަދަ ބްރޭންޑެއް)

40 ފުޅި

4

ޑިސް ވޮޝަރ (ލިކްއިޑް)

24 ފުޅި

11

ޑިޓޯލް

10

5

ދޮންނަކުނޑި (1 ކިލޯގެ)

30 ޕެކެޓް

12

މޮޕްލާ ބާލިދީ

10

6

ކުނި ކަހާ ފިހިގަނޑު (ދަޑިޔާއި އެކު)

16

13

ޑަސްބިން ކޮތަޅު (ކަޅު-މެދު ސައިޒް)

30 ބޮންޑި

7

ފޭޝަލް ޓިސޫ

36 ފޮށި

14

ޕްލާސްޓިކް އަންގި (ދިގު)

12

37

 

 

 

 

ކޯޓޭޝަންގައި ހިމަނަންޖެހޭ މަޢުލޫމާތު:

 

އަގު:   

  • ކޯޓޭޝަން ގައި ކޮންމެ އައިޓަމެއްގެ އަގާއި އަދި ޖުމުލަ އަގު ހިމަނަންވާނެއެވެ. އަދި ޖުމުލަ އަގު ގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  •  ހުޅުލޭގައި ހުންނަ މިސަރވިސްއަށް ތަކެތި ގެނެސްދިނުމުގެ އަގު އެނގެން އޮންނަންވާނެއެވެ.
  • ކޯޓޭޝަން ގައި ހުށަހަޅާ ތަކެތީގެ ކޮލިޓި ނުވަތަ ބްރޭންޑް އެގެން އޮންނަން ވާނެއެވެ.
  • އިޢުލާންގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅަން ވާނެއެވެ.

 

 

ތަކެތި ހަވާލު ކޮށްދެވޭނެ  މުއްދަތު:

  • ކޯޓޭޝަން ގައި ތަކެތި ހަވާލުކުރެވޭނެ މުއްދަތު އެގެން އޮންނަންވާނެއެވެ.

 

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ކޯޓޭޝަން ވެލިޑީޓީގެ ގޮތުގައި މަދުވެގެން 60 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

 

 

 

 

ހުށައަޅާފަރާތުގެ މަޢުލޫމާތު:

  • އަގު ހުށައަޅަނީ ކުންފުންޏަކުން، ނުވަތަ ލޯކަލް އިންވެސްޓްމަންޓް އަކުން ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި އަދި ޕްރޮފައިލް ހުށައަޅުއްވަން ވާނެއެވެ. އަދި ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މިބާވަތުގެ ކަންކަން އެނގޭނޭ ލިޔެކިޔުން ހުށައަޅަން ވާނެއެވެ. މީގެ އިތުރުން ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަންވާނެއެވެ.
  • ލިސްޓްގައިވާ ތަކެތި ވިއްކެވުމައް އަގު ހުށައަޅަނީ އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑުގެ ކޮޕީ އާއިއެކު ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މިބާވަތުގެ ކަންކަން އެނގޭނޭ ލިޔެކިޔުން ހުށައަޅަން ވާނެއެވެ. މީގެ އިތުރުން މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަންވާނެއެވެ.

 

 

ކޯޓޭޝަން  ހުށައަޅަންޖެހޭ ތަން އަދި ތާރީޚް އާއި ސުންގަޑި:

  • ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ކޯޓޭޝަން ހުށައެޅުން.
  • 21 ފެބްރުއަރީ 2017 ވަ އަންގާރަ ދުވަހުގެ ހެނދުނު 1100 އަށް.

 

 

އެސްޓިމޭޓް ހުށައެޅުމާއިބެހޭ:

  • ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ:

7576344

 

އަންދާސީ ހިސާބު ތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 60 ފޮއިންޓް ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

 

(ށ)ތަކެތި ފޯރުކޮއް ދެވޭނެ

 މުއްދަތު:

  • 0 -–10 ދުވަހަށް 15 ފޮއިންޓް.
  • 11 -–20 ދުވަހަށް 10 ފޮއިންޓް.
  • 21 -–30 ދުވަހަށް 05 ފޮއިންޓް.

 

 

(ނ) ތަޖުރިބާ:

  • 25 ފޮއިންޓް.

 

 

ހުށަހެޅޭއަންދާސީހިސާބު ބާތިލް(ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:  

 

  • ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  • އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާއެއްބަސްވުމާޚިލާފުވެގެން،ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާފަރާތަކުންނުވަތައެފަރާތާގުޅުންހުރި

(ބްލެކްލިސްޓްކުރެވިފައިވާކުންފުނީގެހިއްސާދާރެއްހިމެނޭކުންފުންޏެއްފަދަ) ފަރާތަކުންހުށަހަޅާއަންދާސީހިސާބު.

 

 

         

           

01 ޖުމާދަލްއޫލާ 1438

     

 

08 ފެބުރުވަރީ 2017
ހޯދާ