މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ކައުންސެލަރ އެއް ބޭނުންވެއްޖެ

މަޤާމް :ސީނިއަރ ކައުންސެލަރ
ބޭނުންވާ އަދަދު :1

މަޤާމް:

ސީނިއަރ ކައުންސެލަރ

ބޭނުންވާޢަދަދު :

1 ( އެކެއް )

 

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަސައްކަތްކުރުމަށްހަމަޖެހިފައިވާތަން

މުޙްޔިއްދީން ސްކޫލު / މާލެ

ގިންތި:

ދާއިމީ

ދާއިރާ:

ކައުންސެލިން ދާއިރާ  

 

 

 

 

 

 

 

 

 

 

އަސާސީ ޝަރުތު

 

 

 

 

 

 

 

 

 

 

1-      މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2-      މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހަސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-      މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ނުވަތަ

4-      މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މުސާރައާއި އިނާޔަތްތައް

 

 

 

މަޤާމުގެ އަސާސީ މުސާރަ : -/6,295ރ  ( ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް )

ސަރވިސް އެލެވަންސް:    -/2,000 ރ ( ދެހާސް ރުފިޔާ )

އިތުރުގަޑީގެ ފައިސާ:    މިމަޤާމުގައ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ  މަތިން އިތުރު ގަޑީގެ ފައިސާ، ލިބޭނެއެވެ.

 

 

 

 

 

 

 

 

 

މަޤާމުގެ މމަމމަސްއޫލިއްޔަތު:

 

1-      ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.

2-      ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

3-      ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް  ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4-      ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

5-      ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

6-      ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ހަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

7-      މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

 

 

 

ބަލާނެ އިތުރު ކަންތައްތައް:

-          ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

-          މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 16 ފެބްރުއަރީ 2017 އާއި  20 ފެބްރުއަރީ 2017 އާ ދެމެދު މުޙްޔިއްދީން ސްކޫލްގައެވެ.

 

 

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ޓްރާންސް ކްރިޕްޓް ގެ ކޮޕީ  
  3. ތަޖުރިބާގެ ލިޔުންތައް
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު
  6. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް

      ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ   އޮފީހުގެ ލިޔުން.

 

ސުންގަޑި

16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢްލޫމާތު ހޯއްދެވުމަށް: ފޯނު:  3390635

 

07 ފެބުރުވަރީ 2017
ހޯދާ