ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ދަނޑުބިންތަކާ ބެހޭ

ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށްޓަކައި މިހާތަނަށް ދޫކުރެވިފައިވާ ދަނޑުބިންތަކުގެ މުއްދަތު އައުކުރުމަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް މުއްދަތު އައުކޮށްދިނުމަށް ކައުންސިލުން ކަނޑައަޅާފައިވަނީ މިދަންނަވާ ކަންތައްތަކަށް ބެލުމަށްފަހު އެގޮތުގެ މަތިންނެވެ.

1-   އެއްދަނޑު އަނެއް ދަނޑާ އެއްވެސް ޝަރުތަކާނުލާ ބަދަލުކުރުމަށް ގިނަ ދަނޑުވެރިންތަކެއް އެދެމުންދާތީ، އެފުރުސަތު ދިނުމުގެ ގޮތުން، 07 ފެބްރުއަރީ 2017 އިން 28 ފެބްރުއަރީ 2017 އާ ދެމެދު އެކަން ބަޔާންކޮށް ބަދަލުކުރަން ބޭނުންވާ ދަނޑުތަކުގެ ވެރިފަރާތުން އިދާރާއަށް ސިޓީއަކުން ހުށަހެޅުން.

2-   ނަންބަރު ނެތް ކޮންމެ ދަނޑެއްގައި އެއްބަސްވުން އައުކުރުމުގެ ކުރިން ނަންބަރު ޖަހާ ނިންމުން

3-   މަގުފަޅި ނުނަޅާ ކޮންމެ ދަނޑެއްގެ މަގުފަޅި ނަޅާ ބަލަހައްޓަމުން ގެންދިޔުން

4-   އިންމަތީ އަދި ދަނޑުތެރޭގައި ބިޔަ ގަސް އަދި ލަކުޑީގެ ބާވަތްތައް ހައްދާފައިވާނަމަ އެފަދަ ގަސްތައް ކަނޑާ އުކާލުން.(އެފަދަ ގަސް ހައްދާފައިވާ ފަރާތްތަކުން 01 މަސްދުވަހުގެ ތެރޭގައި ސާފުނުކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވަކިކުރެވޭނެއެވެ)

5-   ދަނޑުތަކުގެ ފުޅަފަށް އަރުވާފައިވާ ވެލުގެ ސަބަބުން ހިނގާމީހުންނަށް ދަތިވާނަމަ އެފަދަ ވެޔޮތައް ކޮށާ ސާފުކުރުން

6-   ކޮންމެ ދަނޑަކަށް ލެވިފައިވާ ކަރަންޓާ ގުޅިގެން މީޓަރ ލާނަމަ އެމީޓަރ ހިޔާކުރާނެ ތަނެއް ހަދާފައިވުން

7-   ދަނޑު ނުހައްދާ ވާކޮށް ބާއްވާނަމަ އެކަން ލިޔުމުން އެންގުން. (އެގޮތަށް ނާންގާ ފަރާތްތަކުގެ ދަނޑުތައް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވަކިކުރެވޭނެއެވެ)

8-   އެއްގެއިން އަނެއް ގެއަށް ބަދަލުވާ ފަރާތްތައް ގެ ބަދަލުވުމާ ގުޅިގެން އެފަރާތަށް ކުރިން ދެވިފައިވާ ދަނޑާއި ބަދަލުވާ ގެއަށް ކުރިން ލިބިފައިވާ ދަނޑާ ދެ ދަނޑު އޮތް ނަމަ އެފަރާތުން ބޭނުންވާ ދަނޑެއް އިޚްތިޔާރުކުރުމަށް ފުރުޞަތު ދިނުން

9-   އެއްގެއިން އަނެއް ގެއަށް ބަދަލުވާ ފަރާތްތަކުން އެކަން ލިޔުމުން އަންގަމުން ގެންދިޔުން

އަދި ދަނޑުބިމުގެ މުއްދަތު އައު ކުރުމުގެ ކުރިން ދެންނެވިފައިވާ ކަންކަން ރަނގަޅުކުރަންޖެހިފައިވާ ދަނޑުތަކުގެ ވެރިން އެކަންތައްތައް ރަނގަޅުކޮށް އަދި މިހާރުވެސް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ދަނޑުވެރިކަން ކުރަމުން ނުދާފަރާތްތަކުގެ ދަނޑުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް އަދި ނިންމާފައިނުވާތީ، ހުރިހާ ދަނޑުވެރިންވެސް މިކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2017
ހޯދާ