ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ އައު އިންޖީނުގެއަށް ދޫކުރެވިފައިވާ ބިމުގައި (އިރުމަތީ ކޮޅު ޓޮޕާޒް ގޯތީގެ އުތުރުން ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އިރުން) ހުދުކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2017
ހޯދާ