ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މިއިދާރާގެ ނަންބަރު 69/2016/252 (19 އޮކްޓޯބަރ 2016) އިޢުލާނާއި ގުޅިގެން ހުށަހެޅި އަގު ބޮޑު ކަމަށް ފެންނާތީވެ އެއިޢުލާން ބާޠިލްކޮށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

            ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ފުޓްބޯޅަދަނޑު ވަށާފެންސްޖެހުމާއި ފުޓުބޯޅަދަނޑަށް އިތުރުކުރި ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުން 20 ފެބުރުއަރީ 2017 ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުނަށް މިމަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށްއެދި ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 23 ފެބުރުއަރީ 2017 ދުވަހުގެ 11:00ގައި މިއިދާރާގައެވެ.  

       މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.     

08 ޖުމާދުލްއައްވަލް 1438

05 ފެބުރުއަރީ 2017

 

05 ފެބުރުވަރީ 2017
ހޯދާ