ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

          ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ޤާއިމްކުރެވޭ ބަށި ކޯޓާއި ވޮލީ ކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

        ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުއަރީ 20 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ފެބުރުއަރީ 23 ވަނަ ދުވަހުގެ 13:00އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، "ފިއްލަދޫގައި ޤާއިމްކުރެވޭ ބަށި ކޯޓާއި ވޮލީ ކޯޓުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

       އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މީގެ އިތުރުން މިމަސައްކަތަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

       މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.     

08 ޖުމާދުލްއައްވަލް 1438

05 ފެބުރުއަރީ 2017

 

05 ފެބުރުވަރީ 2017
ހޯދާ