މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު (IUL447-PR/1/2017/3) އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްއިން ތ.ބުރުނީގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި ބާޖް ކަފުޖަހައިގެން ރ.ކިނޮޅަހުން ތ.ބުރުންޏަށް ގެންދިއުމަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ  މަސައްކަތް ނިންމިކަމުގެ ލިއުން.)

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް

ހ- އަގު: 90 ޕޮއިންޓް

ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 90X}       

ށ- މަސައްކަތު ތަޖުރިބާ: 10

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 12:00 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޖުމާދުލްއޫލާ 1438 

         06  ފެބުރުވަރީ  2017         

06 ފެބުރުވަރީ 2017
ހޯދާ