މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) ހިންގި ޢިމާރާތް ހުރި ތަކެތި ހުސްކުރުމާއިބެހޭ

އިޢުލާން

 

މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) ހިންގި ޢިމާރާތް ހުރި ތަކެތި ހުސްކުރުމާއިބެހޭ

މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއި ވެފައިވާ އެއްބަސްވުން ވާނީ 2015 މާރިޗު 03 ވަނަ ދުވަހު ނިމުމަކަށް ގެނެސްފައެވެ. އެހެންކަމުން، މާލޭ އިންގިލިޝް ސްކޫލް ހިންގި އިމާރާތުގައި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ނުވަތަ އަމިއްލަ ފަރާތްތެއްގެ އެއްވެސް މުދަލެއް ނުވަތަ ތަކެއްޗެއްހުރި ނަމަ އެމުދާ ނުވަތަ ތަކެތި 07 ފެބްރުއަރީ 2017 އިން ފެށިގެން  05 ދުވަހުގެ ތެރޭގައި ގެންދެވުމަށް ޢާއްމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި މި މުއްދަތުގެ ފަހުން ނުގެންގޮސް ހުރި ތަކެތި ނީލަމުގައި ވިއްކާލެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 7993262 އާއިއެވެ.

06 ފެބުރުވަރީ 2017
ހޯދާ