ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                01 (އެކެއް)

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 1 

   މުސާރަ:                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

  ވަޒީފާ އޮތް އޮފީސް:               އދ.ފެންފުށީ ސްކޫލް

   ގިންތި:                    (ވަގުތީ، 3 މަސް)

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     (އދ.ފެންފުށީ ސްކޫލް އޮފީސް/ އެޑްމިން ސެކުޝަން)

އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވުން.

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިވާ ލިބިފައިވުން.

ނުވަތަ:

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން  ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގެ މަސްއޫލިއްޔަތު:

  • ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އެންޓްރީ ކުރުމާއި ސިޓީ، މެސެޖު ޔައުމިއްޔާ ފަދަ ތަކެތި ލިޔުމާއި އެ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
  • ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އަންދާސީހިސާބުގެ އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  • އިދާރީ ކަންތައްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
  • ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރަށް ދިޔުން.
  • ސްކޫލަށް ގެންނަންޖެހޭ މުދާ (ޓެކްސްޓް ފޮތް، ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި) ގެނައުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އެޓެސްޓްކުރެވިފައިވާ އަސްލު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް (ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް(

ސުންގަޑި:

މި މަގާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 14 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ފެންފުށީ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަގާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ފެންފުށީ ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެތެރެއިންއެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށްމި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތުސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ނަންބަރު 6680817 ފޯނަށްގުޅުން އެދެމެވެ.

09 ޖުމާދަލްއޫވލާ 1438

06 ފެބްރުއަރީ 2017

 

06 ފެބުރުވަރީ 2017
ހޯދާ