މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުން

މަޤާމުގެ ނަން:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން :  

  ސެކްރެޓަރީ ޖެނެރަލް

އަސާސީ މުސާރަ މަހަކު:

-/20500 ރުފިޔާ

 ލިވިން އެލަވަންސް މަހަކު : -/15,000 ރުފިޔާ

 ފޯނު އެލަވަންސް  މަހަކު : 1,000/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް

ކ. މާލެ / އަލަށްއުފައްދާ ޤާއިމްކުރެވޭ އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލިސް

މަޤާމުގެ ޝަރުތު:

  1. ދިވެހިރައްޔިތެއްކަމުގައި ވުން. އަދި
  2. ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން. އަދި
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތައް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. އަދި
  4. ހިންގުމުގެ ދާއިރާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް- 9 ގެ ސަނަދެއް ޙާޞިލްކޮށް އަދި އެދާއިރާއިން މަދުވެގެން 5(ފަހެއް) އަހަރުދުވަހުގެ ތަޖުތިބާ ޙާޞިލްކޮށްފައިވާ މީހެއްކަމުގައިވުން ނުވަތަ ލެވެލް-8 ގެ ސަނަދެއް ޙާޞިލްކޮށް އަދި އެދާއިރާއިން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ޙާޞިލް ކޮށްފައިވާ މީހެއްކަމުގައިވުން އަދި
  5. ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވަށްޒަފެއްކަމުގައި ނުވުން. އަދި
  6. ޢަރަބިބަސް ނުވަތަ އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރެވޭ މީހަކު ކަމުގައިވުން.

 

                

މަގާމުގެ މައިގަނޑު ޒިންމާތައް:

 

  1. ޤާނޫނު ނަންބަރ 6/94 ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު ) އަށް 2 ވަނަ އިސްލާހުގެނައުމުގެ ޤާނޫނު، ޤާނޫނު ނަންބަރ 6/2016   ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުން.
  2. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އެންމެހައި ލިޔެކިޔުންތަކާއި ހިސާބުތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.
  3. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ޖަލްސާތަކަށް ބޭނުންވާ އެންމެހައި އިދާރީ ކަންކަން ހަމަޖެއްސުމާއި، އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ސެކްރެޓޭރިއެޓްގެ ކަންކަން ހަމަޖެއްސުން.
  4. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުންދޭ ފަތުވާތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢާއްމުކޮށް ފެންނާނެހެން ޝާއިޢުކުރުމާއި ޢާންމުކުރުން.
  5. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރުރާސްތާ އަދި ކުރުރާސްތާގެ މަޝްރޫޢުތައް ބޭނުންވާ ހިނދު ހިނދަށް ސްޓްރެޓީޖިކް ޕްލޭނާއި ބިޒްނަސް ޕްލޭން އަދި އެކި ހަރަކާތްތަކާއި މަސައްކަތްތަކުގެ ތާވަލްކޮށް އެކުލަވާލައި ތަންފީޒްކޮށް ހިންގައި މޮނީޓަރކޮށް ބެލެހެއްޓުން.
  6. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ރާވައި އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިނެއް އެކުލަވާލައި ހިންގުން.
  7. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ރައީސްގެ ލަފަޔާއެކު،  އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހާއި ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދު ހެދުމާއި އިސްލާޙްކުރަންޖެހޭ ޤަވާޢިދުތައް އިސްލާޙްކުރަމުން ގެންދިއުން.
  8. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހާއި ގުޅޭގޮތުން އެކުލަވާލަންޖެހޭ ޤާނޫނުތަކާއި އިސްލާޙްކުރަންޖެހޭ ޤާނޫނުތައް ފާހަގަކޮށް މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުން.
  9. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލިސް ޤައުމީ ފެންވަރުގައާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތް ކުރުން.
  10. އިސްލާމީ  ފަތުވާދޭ އެންމެމަތީ  މަޖިލީހުގެ އޮނިގަނޑު )ބޭނުންވާ މުވައްޒަފުންގެ ޢަދަދު ފެންވަރު އެގޭގޮތަށް ) އެކުލަވާލައި މުވައްޒަފުން ހޯދައި އެމުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  11. މުވައްޒަފުންގެ ކުރިއެރުމަށް އަދި ކުރިއެރުވުމަށް ގަވާއިދު ތަންދޭ އެންމެމަތީ ދަރަޖައަކަށް އަބަދުވެސް މަސައްކަތް ކުރުން. އަދި ޕާރފޯމަންސް ވަޒަންކުރެވޭނެ އިންތިޒާމުތައް ޤާއިމްކޮށް އެކަމުގެ ފަންނީ ގޮތްތައް ތަންފީޒުކުރުން.
  12. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ރައީސަށް، މަޖިލީހުގެ މަސައްކަތްތައް ރާވާހިންގުމުގައި ލަފާދީ މަޝްވަރާ ދިނުން.
  13. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ އަދި ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރިގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށް ދެމެހެއްޓުން.
  14. އިސްލާމީ  ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އެކިއެކި ޚިދުމަތައް ލިބި ގަންނަފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ލުއިފަސޭހަ އަވަސް، ޚަރަދުކުޑަ ގޮތްތައް ހޯދައި ތައްޔާރުކޮށް އެކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދިއުން. އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، ގައިޑްލައިންތަކާއި، ޕްރޮސީޖަތަކާއި، އުޞޫލުތައް އެކުލަވާލައި ހާމަކޮށް ކަންހިނގާގޮތް މޮނީޓަރކޮށް ފަސޭހައިން ކަންކަން ކުރެވޭނެގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.

 

 

މަޤާމުގެ ދައުރު:

  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ދައުރަކީ 5 (ފަހެއް) އަހަރު ދުވަހެވެ.
  2. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި މީހަކަށް އެންމެދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ 2 (ދޭއް) ދައުރަށެވެ.

 

 

މަޤާމުން އިސްތިޢުފާ ދިނުން:

  1. ސެކްރެޓެރީ ޖެނެރަލްގެ މަޤާމުގައި ހުންނަ މީހަކު އޭނާގެ މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ސިޓީއެއް ހުށަހަޅައި، އެސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން އެމީހަކު ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުން ވަކިވީއެވެ.

މަޤާމުން ވަކި ކުރެވޭނެ ހާލަތްތައް:

  1.   ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަމީހަކު، އެމަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
  2.   ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަމީހަކު، އެމަޤާމުން ވަކިކުރުމަށް، މި މާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ޙާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
  • ޤާނޫނު ނަންބަރ 6/2016  (ޤާނޫނު ނަންބަރ 6/94 ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ ދަށުން އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން؛
  • ޤާނޫނު ނަންބަރ 6/2016  (ޤާނޫނު ނަންބަރ 6/94 ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގައި މަޖިލީސް ހިންގުމަށް ކަނޑައަޅާފައިވާ މަޤްޞަދު ތަކާއި ސިޔާސަތު ތަކާއި ޙިލާފުވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި،ޤާބިލުކަމާއި ސިފަތައް.
  • ލީޑަރޝިފް ހުނަރުލިބިފައިވާ މިންވަރު

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:

 

  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު  މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކުރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )
  2. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. ( މަސައްކަތް ކުރިތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ )
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަކުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.  (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

 

ސުންގަޑި:

 

  • 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް     ( އިސްލާމީ މަރުކަޒު )
  • މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަލަށްއުފައްދާ ގާއިމްކުރެވޭ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސްގައެވެ.
  • ·         މި މަޤާމުގެ އިންޓަވިއު އަދި ޕްރެކްޓިކަލްސް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ.

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

06 ޖުމާދަލްއާޚިރާ 1438

02 ފެބުރުވަރީ 2017

02 ފެބުރުވަރީ 2017
ހޯދާ