ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ވެހިކަލްތަކެއް ނީލަމުގައި ވިއްކާލުން

އިޢުލާން

ނީލަން ކިޔުން:

އެސްޓީއޯގައި ބޭނުންކޮށް ބައުވެ ހަލާކުވެފައިވާ މިދަންނަވާ ވެހިކަލްތައް ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވެއެވެ.

  1. ވޭން
  2. އިސުޒޫ ލޮރީ (3 ޓަނު)
  3. މުޑާން ލޮރީ (3.5 ޓަނު)
  4. ކަޓޯ ކްރޭން (25 ޓަނު)
  5. ކޮބެލްކޯ ކްރޭން (7 ޓަނު)
  6. ކޮބެލްކޯ ކްރޭން (25 ޓަނު)

މިވެހިކަލްތައް ނީލަމުން ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 09:00 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 12 ވާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސްއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މި ވެހިކަލްތަކުގެ ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަނޑައި އަގު އާއްމު ކުރާނީ ސިޓީލާ އެންމެންގެ ޙާޟިރުގައި އެދުވަހެއްގެ ހެނދުނު 09:00 ގައި ކަމުގައިވެސް ދެންނެވީމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތުން މަސައްކަތު 7 ދުވަސް ތެރޭގައި ވެހިކަލްތައް ގެންދަވަންވާނެއެވެ.

 

 4 ޖުމާދަލްއޫލާ 1438

 

01 ފެބުރުވަރީ 2017
ހޯދާ