މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހދ.ހަނިމާދޫގައި އެޖެންސީ ޕޯސްޓް އޮފީހެއް ހިންގައި ދޭނެ ފަރާތެއް ހޯދުން

 ނަންބަރ : 18/2017/ADMHR-MPL

 

އިއުލާން

 

 

ހދ.ހަނިމާދޫގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގައި ދޭނެ ފަރާތެއް ބޭނުންވެއްޖެ

 

        މި ކުންފުނިން ކަޑައަޅާ އުސޫލުތަކާއި މިންގަޑުތަކާ އެއްގޮތަށް ހދ.ހަނިމާދޫގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގައިދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތް ތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 2017 ފެބްރުއަރީ 08 ވާ  އާދީއްތަ ދުވަހުގެ 14:30ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ 14:00އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ސެޝަނަށް ޙާޟިރުވެވަޑައި ނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                       

                        05 ޖުމާދަލްޢޫލާ 1438

                        02 ފެބްރުއަރީ 2017

02 ފެބުރުވަރީ 2017
ހޯދާ