ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޯތިގެދޮރުގެ ތަނަވަސްކަން ޗެކްކުރުން
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓްގެ ތެރެއިން A ކެޓަގަރީ އަދި B ކެޓަގަރީގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދެއްވާފައިވާ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މަޢުލޫމާތުގެ ސައްޙަކަން ސާފުކުރުމަށް ތައްޔާރުކުރެވިފައިވާ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން 05 ފެބުރުވަރީ 2017ން ފެށިގެން 28 ފެބުރުވަރީ 2017ގެ ނިޔަލަށް ލިބިވަޑައިގަންނަވަން ހުންނާނެއެވެ.
ވީމާ، ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ގޯތިގެދޮރުގެ ތަނަވަސްކަން ބަލައި ޗެކްކުރުމަށް ތައްޔާރުކުރެވިފައިވާ މި ފޯމު، ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން ފުރުއްވުމަށްފަހު 28 ފެބުރުވަރީ 2017 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި މިދެންނެވި ގޯތިގެދޮރުގެ ތަނަވަސްކަމާގުޅޭގޮތުން ދެއްވާފައިވާ މަޢުލޫމާތުގެ ސައްޙަކަން ޗެކުކުރުމަށް ތައްޔާރުކުރެވިފައިވާ ފޯމު، ގދ. ތިނަދޫ ކައުންސިލް މެދުވެރިކޮށް ފުރުއްވުމަށްފަހު މި މިނިސްޓްރީއަށް ހުށަނާޅުއްވާ ފަރާތްތަކުގެ ފޯމުތައް، އިވެލުއޭޓްކުރުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 ފެބުރުވަރީ 2017