ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު 

މަޤާމުގެ ނަމްބަރ:

J-226936

ބޭނުންވާ ޢަދަދު:

1 (އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާރޒް ޔުނިޓް

މަޤާމް އޮތް އޮފީސް

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަޖެހޭތަން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ  / ތ. ބުރުނި

މުސާރަ:

3100.00 ރުފިޔާ

ސަރވިސްއެލެވަންސް:

1000.00 ރުފިޔާ

އިތުރު އިނާޔަތްތައް:

1.ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3.ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

( މީގެ އިތުރުން މަޤާމަށް އިތުރު އެލަވަންސެއް ދެއްވަން ކަނޑައެޅިފައިވާނަމަ އެއެލަވަންސެއް ނުވަތަ ބޯނަސް ދެއްވަން ކަނޑައަޅައިފިނަމަ ބޯނަސްގެ ގޮތުގައި ނިސްބަތުން ދޭންޖެހޭ އެއެލަވަންސް ލިބޭނެއެވެ. )

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލް އިދާރާގެ ގޯތިތެރެ އާއި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކޮށް ބެހެއްޓުމާއި، ގޯތިތެރޭގައި ގަސް އިންދާ ހެއްދުމަށް މަސައްކަތް ކުރުމާއި ގަސްތަކަށް ފެންދިނުން އަދި ގަސްތައް ކޮށާ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގައި ދައުލަތުގެ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުމާއި އެކިއެކި މުނާސަބަތާއި ގުޅިގެން ދައުލަތުގެ ދިދަ ޖެހުމަށް ކައުންސިލުން އަންގާތަންތަނުގައި ދިދަ ޖަހައި ޒީނަތްތެރިކުރުން.
  3. ކައުންސިލްގެ އިދާރާއަށް ހާޟިރުކުރަންޖެހޭ މީހުން އިދާރާއަށް ޚާޟިރުވުމަށް އެންގުމާއި އިދާރާއިން ޢާއްމުކުރަންޖެހޭ ލިއުންތަކާއި އިޢުލާނުތައް ޢާއްމުންނަށް ފެންނަ ގޮތަށް ނޯޓިސް ބޯޑުގައި ބެހެއްޓުމާއި މުއްދަތު ހަމަވާ ލިޔުންތައް ނޯޓިސް ބޯޑުން ނެގުން
  4. ކައުންސިލް އިދާރާގެ ހުރިހާ ދޮރުތަކެއްގައި ހުންނަ ހިރަފުސްތައް ސާފްކުރުމާއި، ތަޅުމުގައި މޮޕްލައި ސާފްކުރުމާއި ދޮރުތަކުގައި ދަމާފައިވާ ދޮރުފޮތިތައް ދޮވުން އަދި ކައުންސިލް އިދާރާގެ ފަރުނީޗަރުތަކާއި  މެސިނަރީތުގައި ހަރުލާ ހިރަފުސްތައް ފޮޅާ ސާފްކުރުން
  5. ކައުންސިލްގެ އިދާރާއަށް މާލެއިންނާއި އެހެނިހެން ރަށްރަށުން ގެންނަ ތަކެތި އެތަކެއްޗެއް ގެނައި އުޅަނދަކުން ބޭލުމުން ފަރުވާތެރިކަމާއެކު އެއެއްޗެއް ގެންދަންޖެހޭ ތަނަކަށް ގެންދިއުން.
  6. ކައުންސިލް އިދާރާގެ ފާޚާނާތައް ދުވާލަކު 1 ފަހަރު ރަނގަޅަށް ސާފް ބެލެހެއްޓުމާއި އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކުގެ ފިލްޓަރ ( ދާގަނޑު )  ސާފްކުރުން
  7. މަސައްކަތަށް ނިކުމެ ކޮންމެ ދުވަހަކު އިދާރާގެ އެއަރކޮންޑިޝަންތައް ޖައްސައި އަދި ރަސްމީގަޑި ނިމުމުން ކޮންމެހެން ނިންވަންޖެހޭ ދިއްލުންތައް ނިންވުން
  8. އިމާރާތުގައި ހަރުކޮށްފައިވާ ދިއްލުމެއް އަނދައިފިނަމަ އަނދާފައިވާ ދިއްލުމުގެ ބަދަލު އާ ދިއްލުމެއް ހަރުކުރުން.
  9. ކައުންސިލްގެ އިދާރާގެ މުއައްޒަފުންގެ މޭޒުކައިރީގައި ބަހައްޓާފައިވާ ޑަސްބިންތަކުގައި ހުންނަ ލިޔުންތައް ރައްކާތެރިކަމާއެކު އެންދުން.
  10. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތުގެ ކޮޓަރިއެއް ކުއްޔަށް ދިނުމަށްހަމަޖައްސައިފިނަމަ އެކޮޓަރިއެއް ކުއްޔަށް ދިނުމުގެ ކުރިން ކޮޓަރިއާއި ފާޚާނާ އާއި ފަންކާ އަދި އެއަރކޯން ރަނގަޅަށް ސާފްކުރުމާއި ކޮޓަރީގެ އެނދުގައި ބެޑުސީޓްއަޅައި ކޮޓަރި ތައްޔާރު ކުރުން އަދި ކޮޓަރި ކުއްޔަށް ހިފި ފަރާތް ކޮޓަރި ދޫކޮށްލާއިރު އެކޮޓަރީގެ ތަޅުދަނޑި ހޯދައި ކައުންސިލްގެ އިދާރާއާއި ޙަވާލު ކުރުން.
  11. ވާރޭވެހޭ ދުވަސްވަރުގައި ކައުންސިލްގެ އިދާރާގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ދޮވެސާފްކޮށް ވާރޭފެން ނެގުމަށް ބަހައްޓާފައިވާ ހަމަށް ވާރޭފެންންނެގުމާއި، އެއްޗެއް ނުވެއްޓޭނެ ގޮތަށް ފެންހަން ރަނގަޅަށް މަތިޖަހައި ބަންދުކުރުން.
  12. ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލު ކުރުމަށް ނިންމައި ރައްޔިތުންނަށް ދަންނަވަން ބުނެފިނަމަ އެތަނަކަށް ޙާޟިރުވުމަށް ރައްޔިތުންނަށް ދެންނެވުމަށާއި، އެކި އެކި ކޮމިޓީތަކާއެކު ބާއްވާ ބައްދަލުންތަކާއި ޖަލްސާތަކަށް ކިއުމާއި، ބައްދަލުވުން ބާއްވާތަން ސާފްކޮށް ގޮނޑިޖެހުން
  13. ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކާއި އޮފީހުގެ ފަރާތުން ބާއްވާ އެކި އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި އަދި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން އަދި އޮފީހުގެ މަސައްކަތުގެ މާހައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުން އަދި ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

މަގާމުގެ ޝަރުތުތައް:

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

%

ތަޢުލީމާއި ތަމްރީނު

 

ލިބިފައިވާ އިތުރު ތައުލީމް

25

12

ދާއިރާއާގުޅޭކުރުމުއްދަތުގެ ތަމްރީނު

30

14

މަސައްކަތުތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

35

16

އެހެނިހެން ތަޖުރިބާ

20

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

48

ޖުމްލަ

210

100

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ މަޢުލޫމާތު ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

8. މަސައްކަތު ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުއައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމް ބުރުނީ ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ( މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ބުރުނީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު / ޕްރެކްޓިކަލް / ޕްރެޒެންޓޭޝަން/ އޮއްނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 14 ފެބުރުއަރީ 2017 ން 20 ފެބުރުއަރީ 2017 އާ ދެމެދު ބުރުނީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

 

ސޯޓް ލިސްޓް ކުރުން.

މިވަޒީފާއަށް އެދި ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 06 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރީއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  ޖުމްލަ %25  (ތިރީސް އިންސައްތަ )  އަށްވުރެ މަތިވާން ވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ  މެއިލް ކުރާނީ [email protected] އަށެވެ. މެއިލް/ ފެކްސް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

01 ފެބުރުވަރީ 2017
ހޯދާ