ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ 

މަޤާމުގެ ނަމްބަރ:

J287091

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް،ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމް އޮތް އޮފީސް

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަޖެހޭތަން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ  / ތ. ބުރުނި

މުސާރަ:

5610.00 ރުފިޔާ

ސަރވިސްއެލެވަންސް:

2000.00 ރުފިޔާ

އިތުރު އިނާޔަތްތައް:

1.ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3.ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

( މީގެ އިތުރުން މަޤާމަށް އިތުރު އެލަވަންސެއް ދެއްވަން ކަނޑައެޅިފައިވާނަމަ އެއެލަވަންސެއް ނުވަތަ ބޯނަސް ދެއްވަން ކަނޑައަޅައިފިނަމަ ބޯނަސްގެ ގޮތުގައި ނިސްބަތުން ދޭންޖެހޭ އެއެލަވަންސް ލިބޭނެއެވެ. )

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލްގެ އިދާރާއަށް ބޭރުންލިބޭ މެސެޖު/ސިޓީ/ނޯޓް/ ބިލްފަދަ ހުރިހާ ލިޔުންތައް ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި އެލިޔުމެއް ހަވާލުކުރަންޖެހޭ ސެކްޝަނަށް ދުވަހުން ދުވަހަށް ޙަވާލު ކުރުމާއި، ކައުންސިލްގެ އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން، އަދި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ވެރިންގެ އިރުސާދުގެ މަރިން ތައްޔާރުކޮށް އެސެކްޝަންތަކާއި ޙަވާލުކުރުން އަދި ފުރަންޖެހޭ ފޯމްތައް ވެރިންގެ އިރުސާދުގެ މަތިން ފުރަމުން ގެންދިއުމާއި، ކައުންސިލްގެ އިދާރާއަށް އަންނަ ލިޔެކިއުންތައް ފައިލްކުރުމާއި އިދާރާގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިއުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެލިޔުމެއް ހޯދައި ބޭނުންވާ ސެކްޝަނަކަށް ފޮޓޯކޮޕީ ނަގާ ހަވާލުކުރުން.
  2. ކައުންސިލްގެ ފަރާތުން ހަފްތާއަކު 1 ފަހަރު ބާއްވާ އާއްމު / ކުއްލި ބައްދަލުވުންތަކުގެ އެޖެންޑާ ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ކައުންސިލްގެ މެމްބަރުންނަށް ފޮނުވަމުން ގެންދިއުމާއި، ބައްދަލުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސައި ބައްދަލުވުން ކުރިއަށް ގެންދެވުނުގޮތުގެ ޔައުމިއްޔާއާއި ބައްދަލުވުމުގައި ނިންމުނު ކަންތަކާއި އަދި ބައްދަލުވުމުން ނިންމުނު ކަންތައްތައް އާއްމުކުރާ ލިޔުން ތައްޔާރުކޮށް ލިޔުންތައް ގަވާޢިދު އާއްމުކުރުމާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ޔައުމީއްޔާތައް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  3. ކައުންސިލްގެ ފަރާތުން ބާއްވާ ބައްދަލުވުމެއްގެ ޔައުމިއްޔާ ނޯޓްކޮށް އަދި އިދާރީ ގޮތުންނާއި ކައުންސިލްގެ ހުރިހާ މަސައްކަތްތައް ހިމެނޭގޮތަށް ދުވަހު ޔައުމިއްޔާ ލިޔުމާއި ބެލެހެއްޓުމާއި، ރަށުގައި ހިނގާ މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން،
  4. އިދާރާގެ އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުމާއި ރަނގަޅު މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯން ކޯލްތައް ޕާސްކުރުން،
  5. އިދާރާ ހުޅުވާ ލެއްޕުމުގެ ޓޭބަލް ހަދައި މުއައްޒަފުންނަށް އެންގުމާއި  ޓޭބަލްގައިވާ ގޮތަށް އިދާރާ ހުޅުވުމުގެ އިންތިޒާމް ބެލެހެއްޓުން.
  6. އޮފީހުގެ ލިޔެކިއުމަށް ބޭނުންވާ ތަކެއްޗާއި އޮފީހާއި މިސްކިތްތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކަށް ހޯދުމަށް ބަޖެޓް ސެކްޝަނަށް ހުށައަޅައި، ލިބޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކުގެ ތަކެތި ޤަވާޢިދުން ދޫކުރުން.
  7. ދިވެހރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ ބާބުގެ 108 ވަނަ މާއްދާގެ ހ،ށ ގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއަހަރެއްގެ ފުރަތަމަ 6 ( ހައެއް ) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް އެއަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވުމާއި ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރުގެ ފަހު 6 ( ހައެއް ) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތުގެ ތަފްޟީލް ރިޕޯޓް ލިޔެ އަތޮޅު ކައުންސިލަށް ފޮނުވުމާއި، ރިޕޯޓްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  8. ކައުންސިލްގެ އިދާރާއަށް އަންނަ މެހެމާނުން ބަލައިގަނެ ބައްދަލްކުރަން އަންނަ ފަރާތާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން،

9. ސައިހޮޓާ/ކެފޭ/ރެސްޓޯރެންޓް/ފިހާރަ ފަދަ ވިޔަފާރިކުރާ ތަންތައް ހިންގުމުގެ ހުއްދަ ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އަމިއްލަ ފަރުދުއްގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތައް ފޮނުވުން

 

10. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކަށް ކައުންސިލްގެ ފަރާތުން އިދާރީގޮތުން ދޭންޖެހޭ އެންމެހާ އެއްބާރުލުން ދިނުން

11. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން، މީގެ އިތުރުން ސްޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ މުވައްޒަފުގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމްގެ ދަށުން ފުރިހަމަކުރަންޖެހޭ ފޯމުތައް  ނިންމަންޖެހޭ މުއްދަތަށް ފުރިހަމަކޮށް، ޒިންމާދާރުވެރިޔާ އާއި ހަވާލުކުރުން.

12.ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކުގައި އޮފީހުގެ ފަރާތުން ބާއްވާ އެކި އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި އަދި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން އަދި އޮފީހުގެ މަސައްކަތުގެ މާހައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުން އަދި ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2.  މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

 މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

%

ތަޢުލީމާއި ތަމްރީނު

 

ލިބިފައިވާ އިތުރު ތައުލީމް

60

25.5

ދާއިރާއާގުޅޭކުރުމުއްދަތުގެ ތަމްރީނު

30

12.5

އިމްތިޙާން

'' ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ''

12

5

މަސައްކަތުތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

43

ޖުމްލަ

235

100

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ މަޢުލޫމާތު ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

8. މަސައްކަތު ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުއައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމް ބުރުނީ ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ( މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ބުރުނީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު / ޕްރެކްޓިކަލް / ޕްރެޒެންޓޭޝަން/ އޮއްނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 14 ފެބުރުއަރީ 2017 ން 20 ފެބުރުއަރީ 2017 އާ ދެމެދު ބުރުނީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

 

ސޯޓް ލިސްޓް ކުރުން.

މިވަޒީފާއަށް އެދި ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 06 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރީއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  ޖުމްލަ %30  (ތިރީސް އިންސައްތަ )  އަށްވުރެ މަތިވާން ވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ  މެއިލް ކުރާނީ [email protected] އަށެވެ. މެއިލް/ ފެކްސް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

01 ފެބުރުވަރީ 2017
ހޯދާ