އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ހަނިމާދޫގައި ހިންގާ ކަށިމާ ލައުންޖްގެ އިމާރާތުގެ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް

            މާލެ،

         ދިވެހިރާއްޖެ.

 

 

 

ނަންބަރު: IAS/MIS/2017/207

           ޢިއުލާން

 

 

 މިކުންފުނީގެ ފަރާތުން ހދ. ހަނިމާދޫގައި ހިންގާ ކަށިމާ ލައުންޖްގެ އިމާރާތުގެ  މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 1030ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 20 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ 1030ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

           5 E 1438

          2 ފެބުރުވަރީ 2017

 

ނޯޓް: މަތީގައިވާ އިޢުލާން ގެޒެޓް ގައި ޝާއިއު ކޮށްދެއްވުން އެދެމެވެ.

 

 

 

އިޢުލާން ޗެކްކުރީ: ޑެޕިއުޓީ ހެޑް އޮފް ފިނޭންސް އެންޑް އެކައުންޓްސް   އަލީ ނާސިފް3331231

02 ފެބުރުވަރީ 2017
ހޯދާ