އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް

            މާލެ،

         ދިވެހިރާއްޖެ.

 

 

 

ނަންބަރު: IAS/MIS/2017/208

           ޢިއުލާން

 

 

 ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 9 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 16 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

           5 E 1438

          2 ފެބުރުވަރީ 2017

 

ނޯޓް: މަތީގައިވާ އިޢުލާން ގެޒެޓް ގައި ޝާއިއު ކޮށްދެއްވުން އެދެމެވެ.

 

 

 

އިޢުލާން ޗެކްކުރީ: ޑެޕިއުޓީ ހެޑް އޮފް ފިނޭންސް އެންޑް އެކައުންޓްސް   އަލީ ނާސިފް3331231

02 ފެބުރުވަރީ 2017
ހޯދާ