ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް، އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފީސް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

އދ.ދިގުރަށު އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4,900ރ. އާއި -/9,000ރ. އާއިދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ގްރޭޑް 10 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުން ނުވަތަ؛

އިދާރީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓްގެ ޚިދުމަތް ދެވޭތަންތަނުން ރީޑިންގ ނެގުމާއި، ބިލްހެދުމާއި، ބިލް ޙަވާލު ކުރުން، އަދި ފައިސާބަލައިގަތުމާއި ރިޕޯޓްތައް ތައްޔާރުކުރުން.

މަޤާމް:

އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ދާއިރާ:

ކ.ގާފަރު އިންޖީނުގެ / ވ.ތިނަދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01 ( ކޮންމެ އިންޖީނުގެއަކަށް މުވައްޒަފެއް )

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4,900ރ. އާއި -/10,000ރ. އާއިދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ގްރޭޑް 10 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުން. ނުވަތަ؛

މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން. ނުވަތަ؛

ވެލްޑިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން ނުވަތަ؛

ދާއިރާއާގުޅޭ 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުން.
  • ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  • އިންޖީނުތައް ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓް ތަކުގެ މަރާމާތު މަސައްކަތްކުރުން
  • ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.
  • ޝިފްޓް ޑިއުޓީ ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2017 ފެބްރުވަރީ 09 ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ފެބްރުވަރީ 09  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

 

              05 ޖުމާދަލްޢޫލާ 1438 

             02 ފެބްރުވަރީ   2017

02 ފެބުރުވަރީ 2017
ހޯދާ