މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިންމަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެކޮނޮމިކްޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:              އެކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަމްބަރު:       J-286788

ސަރވިސް :          ސަޕޯޓް އޮފިސަރ

ރޭންކް:              އެމް.އެސް 1 ( ޓެކްނިކަލް އޮފިޝަރ ގްރޭޑް 1 )

ކްލެފިކޭޝަން          ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް:              އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

ސެކްޝަން            އެޓޯލް ޑިވެލޮޕްމަންޓް

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި         ދާއިމީ

މުސާރަ:             5,610.00  ރުފިޔާ

ސަރވިސް އެލަވަންސް:  2,000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

 

ބޭނުންވާ ޢަދަދު:      01

 

މަޤާމުގެ ޝަރުތުތައް:

1 - މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

                  

2 – މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

3 – މަގާމު މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމައެކު، ގުޅުންހުރި އެހެން ދާއިރާއަކުން އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު :

1-      އަތޮޅުގެ ރަށްރަށުގެ ބަދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫތައް ހިނގާ ނުހިގާގޮތްބަލާ މޮނިޓަރ ކުރުން.

2-     ރަށު ކައުންސިލްތަކުން ބަދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީޓާމިނަލް ހަދާ ހިންގަމުން ގެންދާގޮތްބަލާ މޮނިޓަރކުރުން.

3-     ރަށު ކައުންސިލް ތަކުން ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޝްވަރާއަށް އެދޭ ކަންކަމުގައި މަޝްވަރާ ދިނުން.

4-     އަތޮޅު ކައުންސިލުން ތަރައްޤީގެ އެކިއެކި ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމާއި ލޯކަލް ކައުންސިލްގެ ޤާނޫނުގައި ކަނޑައެޅިފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިމާއި މުނިސިޕަލް ސެކިއުރިޓީފަދަ އެކިއެކި މާލީ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

5-     ރަށު ކައުންސިލްތަކުން ރަށުގެ ބިމުގެ ދަފުތަރު އެކުލަވައި އެދަފުތަރު ބެލެހެއްޓުމާއި ބިމާއިބެހޭ ޤައުމީ ދަފުތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރެވެމުންދާ ގޮތްބަލާ މޮނިޓަރ ކުރުން.

6-     އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި ޖައުމުޢިއްޔާ ޖަމާޢަތް ތަކުގެ ދައުރު ފުޅައުކޮށް އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތް ކުރުން.

7-     ރަށު ކައުންސިލްތަކުންރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ދިނުމަށާއި އާމްދަނީ ހޯދުމުގެ ފުރުޞަތު އިތުރު ކުރުމަށާއި އަދި އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއެރުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ޖަމާޢަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި އެގޮތުން ކުރާމަސައްކަތްތައް ބަލާ މޮނިޓަރ ކުރުން  .

8-     އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކޮށް ހިންގުން.   

9-      ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.        

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

1-      އިންފޮމޭޝަން  އަދި ޓެކްނޮލަޖީގެ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

2-      އިކޮނޮމިކް ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

3-      މައިކުރޯ އިކޮނޮމިކުސް ދާއިރާއިން ސެޓްފިކެޓް ހަޞިލްކޮށްފައިވުން.

4-      ޕަބްލިޝް އެޑްމިނިސްޓްރޭޝަން ދާއިރާއިން ސެޓްފިކެޓް 

5-      އާރކްޓެކްޗަރ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން

މަޤާމް :ރިސާރޗް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:              ރިސާރޗް އޮފިސަރ

މަޤާމުގެ ނަމްބަރު:       J-286656

ސަރވިސް :          ސަޕޯޓް އޮފިސަރ

ރޭންކް:              އެމް.އެސް 1 ( ޓެކްނިކަލް އޮފިޝަރ ގްރޭޑް 1 )

ކްލެފިކޭޝަން          ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް:              ޕޮލިސީޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ

ސެކްޝަން            އެޓޯލް ޑިވެލޮޕްމަންޓް

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި         ދާއިމީ

މުސާރަ:             5,610.00  ރުފިޔާ

ސަރވިސް އެލަވަންސް:  2,000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: 

ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

 

ބޭނުންވާ ޢަދަދު:      01

 

މަޤާމުގެ ޝަރުތުތައް:

1 - މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 2 – މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 3 – މަގާމު މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމައެކު، ގުޅުންހުރި އެހެން ދާއިރާއަކުން އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

  

މަޤާމުގެ މަސްއޫލިއްޔަތު :

 

1-      ރަށު ކައުންސިލްތަކުގެ ބޭނުމުގައި ހޯދޭ އުފުލޭ އަދި ނުއުފުލޭ މުދައު އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރެވެމުންދާގޮތް ބެލުން.

2-      ރަށު ކައުންސިލްތަކުން ރަށުތަރައްޤީ ޕްލޭނަށް ބިނާކޮށް ތައްޔާރު ކުރަންޖެހޭ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލް ހިނގާ އަހަރު ޖުލައިގެ ނިޔަލަށް ތައްޔާރު ކުރައްވައި ހޯދުން ( ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް ތައްޔާރުކުރަންޖެހޭ ރަށުތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލު ހޯދުން )

3-      ރަށުކައުންސިލް ތަކުންނާއި އަތޮޅުކައުންސިލުން އަމަލު ކުރަމުން ގެންދާ ތަރައްޤީ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސް ދުވަހުގެ ކުރިން ޤަޢުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ރަށްރަށާއި އަތޮޅުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުން.

4-      ކުރީގެ އަތޮޅު އޮފީހުގެ ދުވަސްވަރު އަތޮޅު އޮފީހުން އެކިފަރާތްތަކަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ވެރިފަރާތާއި     ނަން ބަދަލުވުމުގެ މައްސަލަތަކަށް ޖަވާބުދާރީވުމާއި ރަޖިސްޓްރީތަކާއި ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. 

5-      ބޯހިމެނުމާއި ބެހޭގޮތުން ކުރާ މަސައްކަތްތައް ބެލެހެއްޓުން

6-      އަތޮޅު ފެންވަރުގައި އެކިއެކި ރިސާރޗް ހެދުން.

7-      އޮފީހުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

1- އިންފޮމޭޝަން  އަދި ޓެކްނޮލަޖީގެ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

2- އިކޮނޮމިކް ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

3- މައިކުރޯ އިކޮނޮމިކުސް ދާއިރާއިން ސެޓްފިކެޓް ހަޞިލްކޮށްފައިވުން.

4- ޕަބްލިޝް އެޑްމިނިސްޓްރޭޝަން ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވުން

5- އާރކްޓެކްޗަރ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން

މަޤާމް :ލޯންޗް ޑްރައިވަރ
ބޭނުންވާ އަދަދު :1

މަޤާމް:              ލޯންޗް ޑްރައިވަރ

މަޤާމުގެ ނަމްބަރު:       221470

ސަރވިސް :          ސަޕޯޓް ސަރވިސް

ރޭންކް:              އެސް.އެސް 3 ( ސަޕޯރޓް ސްޓާފް ގްރޭޑް 3 )

ކްލެފިކޭޝަން          ސަޕޯޓް ސްޓާފް ގްރޭޑް 3

ޔުނިޓް:              އެޑްމިނިސްޓްރޭޝަން ހިޔުމަން ރިސޯސް އެންޑް އިންފޮމޭޝަން

ސެކްޝަން            ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި         ދާއިމީ

މުސާރަ:            3,875:00 ރުފިޔާ

ސަރވިސް އެލަވަންސް:  1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ ޢަދަދު:      01

 

މަޤާމުގެ ޝަރުޠު:

1-      މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 2-      މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 1-   ކުރަންޖެހޭ ދަތުރުތަކަށް ލޯންޗް ތައްޔާރުކޮށް ގަޑިއަށް ފުރުން

2-    ލޯންޗް ފެހިކަހާ ބެލެހެއްޓުން

3-    ލޯންޗް ފަޅުގައި އޮންނައިރު ހަފްތާއަކު 2 ދުވަހު ލޯންޗް ދޮވެ ފޮޅާ ސާފުކުރުން

4-    ލޯންޗް ބޯސަލުގައި އޮންނައިރު  ފަރުވާތެރިކަމާއެކު ލޯންޗް ބެލެހެއްޓުން

5-    ލޯންޗަށް ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން

6-    ލޯންޗާއި އިންޖީނުގެ ކުދިކުދި މަރާމާތުތައް ކުރުން

7-   އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

2-      މިވަޒީފާތަކަށް ގުޅުންހުރި ދާއިރާތަކުން ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން

3-      މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު.

4-      މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

ހުށަހަޅަންޖެހޭ ލިއުންތައް:

 1-   ފުރިހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2-   ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ ( އެކްރިޑޭޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު )

3-   ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4-   ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އެމުވައްޒަފުގެ ވަޒީފާގެ މަސްޢޫލިއްޔަތާއި  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟީރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

6-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

 

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

    މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔުއާއި ޕްރެޓިކަލް އާއި އިމްތިޙާނުކުރުން އޮންނާނީ 2017 ފެބްރުއަރީ މަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް:

 

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި އެކު 14 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުން ނުވަތަ ފެކްސް އިން ވެސް ހުށަހެޅިދާނެއެވެ.

 

އިތުރު މަޢުލޫމާތު:

 މިވަޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރ. އަތޮޅުކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓާއި 6580027 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިމަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2017
ހޯދާ