ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް :މުނިސިޕަލް ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-287279

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މުސާރަ:

މަހަކު -/5610 ރުފިޔާ

އޮފީސް:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ، ތ. ވިލުފުށި

މަޤާމްގެ ޝަރުތު:

1)      މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2)      މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

3)      މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1)      ރަށުގެ އާބާދީއާއި ރަށްވެހިންގެ ރަޖިސްޓްރީ ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުން.

2)      އިންތިޚާބުތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ހިންގާބެލެހެއްޓުން.

3)      އިޖުތިމާޢީ ސަރަހައްދުތައް ބެލެހެއްޓުން.

4)      މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ކަންކަންބެލެހެއްޓުމާއި ކުޅިވަރު ކުޅުމާއި ކުޅިވަރު ތަރައްޤީ ކުރުމުގެ މަސައްކަތްކުރުން.

5)      ޔޫޓިލިޓީޒް ހިދުމަތްތަކާއިގުޅޭ އިދާރީ އެންމެހާކަންކަން ބެލެހެއްޓުން.

6)      އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުމުގެ މަސައްކަތްކުރުން.

7)      އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް

އޮފީސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް މެނޭޖްމަންޓް.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުގެ އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ދުވަހަކާއި ތަން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ. އަދި އިންޓަވިއު ކުރުން 2017 ފެބްރުއަރީ މަހުގައި އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2017 ފެބްރުއަރީ 12 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780701 ނަންބަރު ފޯނާއެވެ. މިއިދާރާގެ އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

31 ޖަނަވަރީ 2017
ހޯދާ