ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރެންސް އެގްޒާމް

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
 ދިވެހިރާއްޖެ

                                                                           MNU-CA/FS/2017/13

ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނު ބޭއްވުމާ ބެހޭ


ޢިއުލާން

އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އިނގިރޭސިބަހުގެ އެންޓްރެންސް އިމްތިޙާން 18 ފެބުރުވަރީ 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މިއިމްތިޙާނު ބާއްވާނެތަން، ބައިވެރިންނަށް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.

 

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

 އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2017 ފެބުރުއަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

 އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ލިބެން ހުންނާނީ އެމް.އެން.ޔޫގެ A ބްލޮކްގެ 4 ވަނަ ފަންގިފިލާގައި ހުންނަ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 އިމްތިޙާނުގެ ނަތީޖާ 201ފެބުރުއަރީ 26 ވާ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ.

 

 

01 ފެބުރުއަރީ 2017

01 ފެބުރުވަރީ 2017
ހޯދާ