މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް ގެ މަގާމަށް މީހަކު ހޯދުން

ވަޒީފާގެ ފުރުޞަތު

މަގާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން / ޔުނިޓް: މޮސްކް މެނޭޖްމަންޓް ސެކްޝަން/ އިމާމު ޔުނިޓް

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން: ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

މުސާރަ

-/5,610 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަގާމުގެ ޝަރުތު

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް   ހާސިލްކޮށްފައި ވުމާއެކު،  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް   ހާސިލްކޮށްފައިވުން، ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 

 

  1. ރަށުކައުންސިލްތަކުގައި ތިއްބަވާ އިސްލާމިކް މިނިސްޓްރީ މުވައްޒަފުންގެ ހއ ން ސ އަށް ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ބެލުން.
  2. ރަށުކައުންސިލްތަކުގައި ތިއްބަވާ އިސްލާމިކް މިނިސްޓްރީ މުވައްޒަފުންގެ ޕާރސަނަލް އެޕްރައިޒަލް ފޯމުތައް އެއްކޮށް ކަމާބެހޭޔުނިޓަށް ހުށަހެޅުން. ( ހއ ން ސ އަށް )
  3. ވޭޖް އިމްޕްލޯއީމަންޓްގެ ދަށުން ރާއްޖޭގެ މިސްކިތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  4. ރާއްޖޭގެ މިސްކިތްތަކުގައި ވަޒީފާ އަދާކުރަމުންދާ ދާއިމީ މުވައްޒަފުންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  5. ރާއްޖޭގެ މިސްކިތްތަކުގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު. (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކުރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. ( މަސައްކަތް ކުރިތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ )
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަކުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.  (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަންއަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް  /  އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 14:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

 

ސުންގަޑި

  • 2017   ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް  (އިސްލާމީ މަރުކަޒު)
  • މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް   / އިސްލާމީ މަރުކަޒުގައެވެ.
  • ·         މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161

 

03 ޖުމާދަލްއާޚިރާ 1438

31 ޖަނަވަރީ 2017

31 ޖަނަވަރީ 2017
ހޯދާ