ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                        

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

31 ޖަނަވަރީ 2017

ނަންބަރު

(IUL)168-CA/1/2017/01

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް ޕޮލިސީ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  
  3. ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-          މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯބަލާ އެފަދަ ސިޔާސަތުތައް އިތުރަށް ރަގަޅުކުރުމަށް ކުރަންޖެހޭ  ކަންކަން ފާހަގަކުރުން.

2-        ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލާ އެކަށައެޅުމުގައި އެހީތެރިވުން.

3-          ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންނާއި ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް، އެފަދަ ސިޔާސަތުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

4 -  ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާ  

     ދައުލަތުގެ ސިޔާސަތުތަކާ ގުޅުންހުރި  މައްސަލަތަކާ ގުޅޭ މަސައްކަތް ޑިޕާޓްމަންޓްގެ  އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.

5-            ދައުލަތުގެ އިދާރާތަކުގައި އަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ރިވިއުކުރުން.

6-            ގާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

7-            ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް، މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުން.

8-            ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވުން؛

9-            ކޮމިޝަނުން ކަޑައަޅާފައިވާ ފޯކަލް ގްރޫޕުގެ މަސައްކަތްކުރުމާއި، ބޭއްވޭ ބައްދަލުވުން، އިވެންޓް ތަކުގައި އަމަލީގޮތުން ބައިވެރިވުން

10-        އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން؛

11-        ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

12-        އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

އެޑްވަކަސީ ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް އެޑްވަކަސީ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  
  3. ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމަންޓުތަކާގުޅިގެން ދެނެގަތުމާއި، އިންސާނީ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
  2. ކޮމިޝަނުން ނިންމާ ކަންތައްތަކާއި ކޮމިޝަނުން ރާވާފައިވާ ހަރަކާތްތަކާއގުޅިގެން ކުރަންޖެހޭ އެޑްވޮކަސީ މަސައްކަތް ޑިރެކްޓަރުގެ ލަފާގެ މަތިން ޕްލޭންކޮށް އެމަސައްކަތްކުރުމަށް އެހީތެރިވެދިނުން.
  3. އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުން.
  4. އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތައް ކުރާ މަސައްކަތްތައް ކުރިއެރުވުމަށާއި، އެފަދަ ޖަމާއަތްތަކަށް އެހީތެރިވުމުގެ ގޮތިން ކޮމިޝަނުން ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެކަންތައްތައް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައި މަސައްކަތްކުރުމަށް އެހީތެރިވެދިނުން
  5. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމުތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމުތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން
  6. ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ ފޯކަލް ޕޮއިންޓްގެ މަސައްކަތްކުރުން
  7. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  8. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  
  3. ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ޑިރެކްޓަރުގެ ލަފާއާއި އެއްގޮތަށް އެން.ޕީ.އެމް.ގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މަޤްސަދުތައް ޙާސިލް ކުރުމަށްޓަކައި، މިޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުން.
  2. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  1. ޑިރެކްޓަރުގެ ލަފާގެމަތިން އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ހުންނަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި މިޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން.
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ހުންނަ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  3. ސެކްޝަނުގައި މަސައްކަތް ކުރައްވާ ކަމާބެހޭ ތަޖުރިބާކާރުން (ޕްރޮފެޝަނަލް އެކްސްޕާރޓުން)ގެ މަސައްކަތްތަކަށް ފެސިލިޓޭޓް ކޮށްދިނުން.
  4. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފާ ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ކޮމްޕްލެއިންޓްސް މެކޭނިޒަމްގެ ސަމާލުކަމަށް ގެނައުން.
  5. ޑިރެކްޓަރގެ ލަފާގެ މަތިން މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  6. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައިވާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން.
  7. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެން ދިޔުން، އަދި މިފަދަ ތަންތަނާއި ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލާ އެކަމަށް މަސައްކަތްކުރުން.
  8. ޑިރެކްޓަރު ހަމަޖައްސަވާ ތާވަލަކާއި އެއްގޮތަށް ދުވަހުގެ ޔައުމިއްޔާ ލިޔުމަށް ފަހު އެޑްމިން ޑިޕާޓްމަންޓަށް ފޮނުވުން،
  9. މަސައްކަތުގެ ދާއިރާގައި ހުށަހެޅޭ މައްސަލަތަކަށް ހައްލެއް ގެނައުމަށް ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރުމަށް އެހީވެދިނުމަށް އެކަންކުރުމަށް މެދުވެރިއެއްގެރޯލް އަދާކުރަންޖެހޭ މައްސަލަތަކުގައި ޑިރެކްޓަރ އަދި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން މަސައްކަތް ކުރުން.
  10. ޑިރެކްޓަރުގެ ލަފަޔާއިއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
  11. މައްސަލައަކާ ގުޅިގެންނާއި އެހެންވެސް ސަބަބުތަކާ ގުޅިގެން ކުރަންޖެހޭ ރިސާރޗް/ ތަޙުލީލު ތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  12. ސެކްޝަންގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކުރުން.
  13. ޑިރެކްޓަރު ނެތިއްޖެ ހާލަތެއްގައި ކޮމިޝަންގެ ލަފާގެ މަތިން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ބެލެހެއްޓުން.
  14. ޑިޕާންޓްމަންޓްގެ އެހެންމުވައްޒަފުންނައް ބޭނުންވާ އެހީތެރިކަން ވީމިންވަރުކުން ފޯރުކޮށްދިނުން.
  1. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

ކޮމިޝަން ބިއުރޯ

މަޤާމު:

އެގްޒެކެޓިވް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/8,500 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  
  2. ޖީސީއީ އޭލެވެލްގެ 2 މާއްދާއިން ފާސްވެފައިވުމާއި، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް 90% މާރކްސް ލިބިފައިވުން.
  4. ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  5. މައިކްރޯސޮފްޓް ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަން ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުން.
  2. ކޮމިޝަން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރު ކުރުމާއި ބައްދަލުވުންތަކުުގެ ހާޟިރީ ބެލެހެއްޓުން.
  3. ކޮމިޝަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ، މެމްބަރުންނަށް ފޮނުވުން އަދި ޔައުމިއްޔާއަށް ހުށަހަޅާ އިސްލާހުތައް ގެނެސް، ޖެހިގެން އަންނަ ކޮމިޝަން ބައްދަލުވުމަކަށް ހުށަހެޅުމަށް ތައްޔާރު ކުރުން.
  4. ކޮމިޝަންގެ ބައްދަލުވުންތަކުގެ ނިންމުންތައް އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ ޑިޕާޓްމަންޓްތަކަށް ފޮނުވުން.
  5. ކޮމިޝަންގެ ބައްދަލުވުންތަކުގެ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  6. ކޮމިޝަނަށް ހުށަހެޅުމަށް ޑިޕާޓްމަންޓްތަކުން ތައްޔާރުކުރާ ރިޕޯޓްތަކުގެ ކޮމިޓީ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޮމިޝަން މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި އެޗް.އޯ.ޑީއަށް އެހީތެރިވުން.
  8. މެންބަރުންނާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް އެޗް.އޯ.ޑީގެ ލަފާގެމަތީން އިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓުން ނުވަތަ އެހެނިހެން ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި   މި ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމާއި އަދި މި ބައްދަލުވުންތަކުގެ ފޮލޯއަޕް މަސައްކަތެއް ވާނަމަ، އެ މަސައްކަތެއް ކުރުމަށް މެންބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ކޮމިޝަންގެ ބައްދަލުވުންތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ތަރުތީބުކޮށް ރައްކާކޮށް ބެލެހެއްޓުމަށް އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  10. ކޮމިޝަންގެ ބިއުރޯގެ މަސައްކަތްތަކުގައި އެޗް.އޯ.ޑީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  11. ކޮމިޝަން މެމްބަރުންގެ ހާޟިރީއާއި މެމްބަރުންގެ ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން.
  12. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  13. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

09 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003168 އަށެވެ.
       

                    

 

 

 

                                                                          އަޙްމަދު އަމީން

      ޑިރެކްޓަރ

       

31 ޖަނަވަރީ 2017
ހޯދާ