ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 01

ގިންތި: ދާއިމީ

އޮފީސް: ޅައިމަގު ސުކޫލް                                      

ސެކްޝަން: އިދާރީ 

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މަޤާމުގެ ޝަރުޠު:

 ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

މަޤާމުގެ ޝަރުތު:

އަސާސީ

މުސާރަ

ސަރވިސް އެލަވަންސް

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަހަކު

3,100/-

ރުފިޔާ

މަހަކު

1,000/-

ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި ކުރާ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލުގެ ބެލުމުގެ ދަށުގައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. ސްކޫލުގެ ރަސްމީ މަސައްކަތް އޮންނަ ކޮންމެ ދުވަހަކު ސްކޫލުގެ އޮފީސް ފޮޅައި ސާފުކުރުން.

3. ސްކޫލުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި، ބަގީޗާ ބެލެހެއްޓުން.

4. ސްކޫލުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓް، އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެ ސާފުކުރުން.

5. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

6. ސްކޫލްގައި ކިޔަވައިދޭ އަދި އިތުރު ހަރަކާތް ހިންގޭ ދުވަސްތަކުގައި ގޯތިތެރެ އާއި ސުކޫލުން ބޭރު ކުނިކަހާ ސާފްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް، އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

 

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ޅައިމަގު ސްކޫލުގައެވެ.

ށ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

ށ-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޅައިމަގު ސްކޫލުގެ އޮފީހަށެވެ.

މި  މަޤާމަށް  އެދޭ  ފަރާތްތަކުން، 08 ފެބުރުއަރި 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން،  ޅައިމަގު ސްކޫލަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، އަދި މި އިޢުލާނުގައި ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންވެފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

 

 ނޯޓު:

- މި މަޤާމަށް އެދޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

31 ޖަނަވަރީ 2017
ހޯދާ