ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ބާޖަމާލުއްދީން އިލެކްޝަން ސެންޓަރ އިން ޓީވީއެމްއަށް ދާއިމީ ފައިބަރ ކޭބަލް އެޅުން

އިޢުލާން ނަންބަރ

(IUL) PSM-FP/PSM/2017/10

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

PSM-PROC-03-17-ENG/2016/684

 

 

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

           ޕީއެސްއެމް ގެ ބޭނުންތަކަށް ބާޖަމާލުއްދީން އިލެކްޝަން ސެންޓަރ އިން ޓީވީއެމްއަށް ދާއިމީ ފައިބަރ ކޭބަލް އެއް އަޅަންބޭނުންވާތީ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2017/04 ނަންބަރ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

          ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ހުއްދަލިބިފައިވާ ފަރާތްތަކުން  02 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ14:00  އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ފެބުރުއަރީ 2017 ވާ ހޯމަ ދުވަހުގެ 14:00އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށްޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

           ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                  02 ޖުމާދުލްއޫލާ 1438 

                  30 ޖެނުއަރީ  2017 

31 ޖަނަވަރީ 2017
ހޯދާ