ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހައްދުންމަތީ ޝަރަފުވެރި އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ އިނާމްހޯދުމާއިގުޅޭ

މިކައުންސިލްގެ 2016 ވަނަ އަހަރުގެ އިހައްދުންމަތީ ޝަރަފްވެރި އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޝީލްޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)240-ADS/240/2014/4 (17 ޖެނުއަރީ 2017) އިޢުލާނާއިގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލީމެވެ.

 

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމުގައި ދަންނަވަމެވެ.

30 ޖަނަވަރީ 2017
ހޯދާ