މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓޭޝަނަރީ އަދި ފޮޅާސާފުކުރުމަށް ބޭނުން ކުރާ ސާމާން ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

 

 

ސްޓޭޝަނަރީ އަދި ފޮޅާސާފުކުރުމަށް ބޭނުން ކުރާ ސާމާން ގަތުމަށް ބޭނުންވެއްޖެ

 

މިނިސްޓްރީ އަށް ބޭނުންވާ ސްޓޭޝަނަރީ އަދި ފޮޅާސަފުކުރުމަށް ބޭނުންނަވާ ސާމާން 1 އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)22-PU/1/2017/27) އިޢުލާނާއި ގުޅިގެން ފޮޅާސާފްކުރާ ސާމާން  ލޮޓް 10 އަދި 11 އަށް ތިންފަރާތުން ބިޑް ހުށަހަޅާފައި ނުވާތީ، މިތަކެތި ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ފެބްރުއަރީ 05 ދުވަހުގެ 11:00 ށް

2017 ފެބްރުއަރީ 09 ދުވަހުގެ11:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

30 ޖަނަވަރީ 2017
ހޯދާ