މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިރެކްޓަރ، އެޗް.އާރް

ވަޒީފާގެ ފުރުޞަތު

ނަންބަރ: (IUL)13-HR/13/2017/18

ތާރީޚް:  30 ޖަނަވަރީ 2017

މަޤާމް:

ޑިރެކްޓަރ، އެޗް.އާރް (އީ.އެކްސް 1)

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

 ޑިރެކްޓަރ

މުސާރަ:

މަހަކު 8,835/- ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޗް.އާރް ސެކްޝަން 

މަޤާމްގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަން ރިސޯސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަން ރިސޯސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހހިއުމަން ރިސޯސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

-          ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް ހިއުމަން ރިސޯސް ސެކްޝަނުގެ އިސްވެރިއެއްގެގޮތުގައި ހިންގާ ބެލެހެއްޓުން، މިގޮތުން ހިއުމަން ރިސޯސް މެނޭޖްމަންޓާއި ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ރޭވުމާއި،އިރުޝާދު ދިނުން، މޮނިޓަރ ކުރުމާއި، ފޮލޯއަޕް ހެދުން

 

-          މިނިސްޓްރީގެ ހިއުމަން ރިސޯސް ޕްލޭން ތައްޔާރުކޮށް، މިނިސްޓްރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އުސޫލުތައް ތައްޔާރުކުރުން

 

-          މުވައްޒަފުންގެ މަޢުލޫމާތުތައް ބެލެހެއްޓޭނެ ރައްކާތެރި ރަނގަޅު އިންތިޒާމެއް ހަމަޖެއްސުން

 

-          ޓްރޭނިންގ އާ ގުޅޭ ޕްލޭންތަކާއި މަސައްކަތްތަކުގެ އެކްޝަން ޕްލޭން ތައްޔާރުކުރުވުމާއި ރިވިއު ކުރުމުގެ މަސައްކަތްތައް ކުރުވާ ބެލެހެއްޓުން

 

-          މިނިސްޓްރީގެ އޮނިގަނޑު ރިވިއު ކުރުމުމުގެ މަސައްކަތްތައް ކުރުވުމާއި އަދި އޮނިގަނޑާ އެއްގޮތަށް މަޤާމް އުފެއްދުމުގެ މަސައްކަތް ކުރުވާ ބެލެހެއްޓުން

 

-          މުވައްޒަފުން ލެއްވުން،ބަދަލު ކުރުން،ވަކިކުރުން،މިކަމާގުޅޭ އެންމެހާ ޕްރޮސެސް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރުވާ ބެލެހެއްޓުންމުވައްޒަފުން ޢަމަލު ކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލްތަކަށް އަޙުލުވެރި ކުރުވުމާއި އަދި މުވައްޒަފުންނަށް އިޞްލާޙީ ފިޔަޅު އެޅުމުގެ މަސައްކަތް ކުރުމާއި ކުރުވުނ

 

-          މުވައްޒަފުން ހުރިހާ މައްސަލަތައް ބަލާ ހައްލު ހޯދުމުގެމަސައްކަތް ކުރުމާއި ކުރުވުން

 

-          މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތަކާއި މިކަމާގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތްތައް ކުރުވާ ބެލެހެއްޓުން

 

-          މިނިސްޓްރީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ދެނެގަތުމަށް ބޭނުންވާ އެނަލިސިސް ހެދުމާއި ޓްރޭނިންގ ރިކުއާރމަންޓް ތައްޔާރުކޮށް ހަޔަރ އެޑިޔުކޭޝަނަށާއި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި އަދި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމާއި މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި ކުރުވުން

އުޖޫރަ އާއި އިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

  ފިނޭންސް އެލަވަންސްގެ ގޮތުގައި %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

-          ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

-          ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

 

-          ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

-          ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫއްކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓަރާސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

-          މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).

 

-          ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

7 ފެބްރުއަރީ 2017 (އަންގާރަ) ދުވަހުގެ 13:30 ގެ ނިޔަލަށް     

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349169/3349335 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

30 ޖަނަވަރީ 2017
ހޯދާ