އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޕްރިންޓްކުރަން ބޭނުންވެއްޖެ

                                                                                                        

      ނަންބަރު: (IUL)32-A/1/2017/5

 

އިޢުލާން

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޕްރިންޓްކުރަން ބޭނުންވެއްޖެ

 

                       މި އޮފީހުގެ ނަންބަރު (IUL)32-A/1/2017/4 :(24 ޖަނަވަރީ 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ފޮތެއްގެ ގޮތުގައި ޗާޕުކުރުމަށްޓަކައި ލޭއައުޓް ހަދައިދިނުމާއި އެ ލޭއައުޓްއާ އެއްގޮތަށް 300 ފޮތް ޕްރިންޓް ކުރުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 02 ވަނަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 07 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                       އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

02  ޖުމާދަލްއޫލާ  1438

30  ޖަނަވަރީ   2017

 

30 ޖަނަވަރީ 2017
ހޯދާ