މަޤާމުގެ ޝަރުޠު:
|
- ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިޓަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ފައިލް ކުރުން.
- އޮފީހުގައި ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.
- އެޗް. އާރް. ސިސްޓަމަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. (މުވައްޒަފުންގެ ހާޒިރީ ބަލަހެއްޓުމާއި ވަޒީފާ ޗިޓް، ސަލާމް، ޗުއްޓީ އަދި ރަސްމީ ދަތުރުތަކާއި ބެހޭ އެންމެހާ ރެކޯޑްތައް ސިސްޓަމްއަށް އެޅުން)
- މަގާމެއް އުފައްދަން ނުވަތަ އުވާލަން ޖެހިއްޖެނަމަ އެކަމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
- މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން އަދި ކޮންމެ އަހަރަކު އަހަރީ ޗުއްޓީ ކަލަންޑަރު ތައްޔާރުކުރުން.
- އެސް.އޭ.ޕީގެ އެންޓްރީ މޮޑިއުލްގެ މަސައްކަތްކުރުން.
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.
- މަހުން މަހަށް މުވައްޒަފުންގެ ހާޟިރީ ރިޕޯޓްތައްޔާރުކުރުން.
- ސިވިލް ސަރވިސް ކޮމިޝަނަށް ފޮވަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށް އެކޮމިޝަނަށް ފޮނުވުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ހިއުމަން ރިސޯސް ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
- އެސް.އޭޕީ އެޗް.އާރ މޮޑިއުލްގެ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވުން.
- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
- ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
- އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
- ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.
(ނޯޓް: މި ވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 26 ޖުލައި 2017ގެ ނިޔަލަށެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
ނޯޓް: ރައްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.
4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލެޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.)
6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސަރވިސް ކޮމިޝަންގެ ފޯމެޓަށްވާ ވަނަވަރު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2017 ފެބްރުއަރީ 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ، 5ވަނަ ފަންގިފިލާ) ހުށަހެޅުން އެދެން.
|
އިންޓަރވިއު:
|
- މިމަގާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގައެވެ.
އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މިމިނިސްޓްރީގެ 3022200، 3022225 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.
|