ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަނެއް ހެދުން

 

ނަންބަރު: (IUL)238-A(B1)/INDIV/2017/1  

 

އިޢުލާން

 

މިއިދާރާގެ އިރު ދެކުނު ކަންމަތީގައިވާ ގުދަން ރޫޅާލުމަށްފަހު އަލުން މަރާމާތު ކުރުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)238-A(B1)/INDIV/2016/6   ( 23 ނޮވެމްބަރ 2016 ) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އެސްޓިމޭޓް ލިބިފައިނުވާތީ މިކަމަށް އެދި އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު  އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބްރުއަރީ 05 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ  ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 E  1438     

30  ޖެނުއަރީ 2017

30 ޖަނަވަރީ 2017
ހޯދާ