މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުސަތު

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2016/166 (15 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އިންޓަރނަލް އޮޑިޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ނަންބަރު:

J-266267

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

އިންޓަރނަލް އޮޑިޓް ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/6295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރު ގަޑީގެ ފައިސާ: އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. އޮޑިޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމަށްވުމާއެކު، އޭސީ.ސީ.އޭ / ސީ.އައި.އެމް.އޭ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އޮޑިޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމަށްވުމާއެކު، އޭސީ.ސީ.އޭ / ސީ.އައި.އެމް.އޭ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އޮޑިޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމަށްވުމާއެކު، އޭސީ.ސީ.އޭ / ސީ.އައި.އެމް.އޭ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. އޮޑިޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމަށްވުމާއެކު، އޭސީ.ސީ.އޭ / ސީ.އައި.އެމް.އޭ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެކައުންޓިންގ / ފައިނޭންސް ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ތަންތަނުގެ މާލީ ހިސާބު ތައްޔާރުކުރުމުގައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ސެކްޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ރާވާހިންގުން.

2. މިމިނިސްޓްރީއާއި ދާއިރާގެ އޮފީސްތަކުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަނީ ދައޮލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ރާވާހިންގުން.

3. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޤަވާއިދަށް،މިނިސްޓްރީއާއި ދާއިރާގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

4. ސެކްޝަނުން ތައްޔާރުކުރާ އޮޑިޓް ރިޕޯޓާއި، މެމޯ، ސިޓީ، ނޯޓްފަދަ ތަކެތި ޗެކްކުރުން.

5. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

6. އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4.ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.

5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

6. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ފެބުރުވަރީ – މާރިޗު މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން www.housing.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1438

26 ޖަނަވަރީ 2017

26 ޖަނަވަރީ 2017
ހޯދާ