މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީގެ މަޤާމުތަކަށް މީހުން ހޯދުން

 

`

މިނިސްޓްރީ އޮފް ހޯމް އެފެއާޒް

   މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

                             ނަންބަރު:IUL10-C/10/2017/05

                                                            ތާރީޚް:26 ޖަނަވަރީ 2017  

 

މަޤާމު: އިންސްޕެކްޝަންސް އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ރޭންކް:

އެމް.އެސް 1

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު 5,610 ރުފިޔާ      

  ސަރވިސް އެލަވަންސް: މަހަކު 2,000.00ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އައި.ސީ.އެސް.އެސް.ޔޫ ޔުނިޓް/ މާލެ

އަސާސީ ޝަރުތު:

  1. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އިންސްޕެކްޝަން/ އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް  ހާސިލްކޮށްފައިވުން. ނުވަތަ،
  3. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކާއި، ކަސްޓޯޑިއަލްތައް އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާދޭ، މީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތް ކުރުން.
  2. ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާދޭ މީހުން ބަލަހައްޓާ ތަންތަން، ހިނގަމުންދާގޮތް ހޯދައި، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުން.
  3. ދައުލަތުގެ ބެލުމުގެ ދަށުން ފަރުވާދޭ މީހުން ބަލަހައްޓާ ތަންތަނުގެ އިންސްޕެކްޝަން ރިޕޯޓްތައް ތައްޔާރު ކުރުން.
  4. އިންސްޕެކްޝަން ރިޕޯޓް ތައްޔާރުކޮށް، ކަމާއިބެހޭ އިދާރާތަކާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ވެރިން އަންގާގޮތެއްގެ މަތިން ކުރިއަށް ގެންދިއުން
  5. ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާދޭ މީހުން ބަލަހައްޓާ ތަންތަނުގެ، އިންސްޕެކްޝަން ރިޕޯޓްގައި ފާހަގަކުރެވިފައިވާ މައްސަލަތައް އިސްލާޙު ކުރެވެމުންދާ މިންވަރު ބެލުމަށްފަހު، ހާލަތާއި ގުޅޭ މަޢުލޫމާތު މިނިސްޓަރަށް ހުށަހެޅުން.
  6. ދައުލަތުގެ ބެލުމުގެ ދަށުން ފަރުވާދޭ މީހުން ބަލަހައްޓާ މަރުކަޒުތަކާއި، ޖަލުތަކުން ހުށަހެޅޭ އާންމު ޝަކުވާތަކާއި ގުޅިގެން ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި، އިންސްޕެކްޓަރއަށް ރިޕޯޓް ކުރުން.
  7. އާންމުޖަލު، ރިމާންޑް، ކަސްޓޯޑިއަލް، ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ތެރެއިން އެފަރާތަކާއި ހަވާލުވާ އޭރިޔާއެއްގެ މަސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް އިނސްޕެކްޓަރއަށް ރިޕޯޓް ކުރުމާއި އެކު، އެފަރާތްތަކާއި ކޯޑިނޭޓްކޮށް ކުރަންޖެހޭ ކަންތައްތައް އިންސްޕެކްޓަރގެ ލަފާގެ މަތިން ކުރުން.
  8. ދައުލަތުން މުޖުތަމައުއަށް ދޫކުރެވޭ ( ޓެގް އެޅުވާ ) މީހުންގެ ކަންތައްތައް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުން.
  9. ސީނިއަރ އިންސްޕެކްޝަން އޮފިސަރެއް ނެތިއްޖެ ހާލަތެއްގައި އެފަރާތްތަކުގެ މަސައްކަތްތައް ކުރުން.
  10.  އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ  ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު.4,465.00ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު 1,500.00ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޓޮލްސް އެފެއާޒް ސެކްޝަން/ ޕްރޮޖެކްޓްސް ޔުނިޓް / މާލެ

އަސާސީ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
    1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެޓޮލްސް ޑިވެލޮޕްމެންޓް ސެކްޝަންގެ ޕްރޮޖެކްޓު ޔުނިޓުގެ އިދާރީ ހުރިހާ މަސައްކަތްތައް ކުރުން.
  2. ޔުނިޓުގެ އަހަރީ އެކްޝަން ޕްލޭން ހެދުމާއި ކޮންމެ ކްއާޓަރެއްގެ އެކްޝަން ޕްލޭން ޕްރޮގްރެސް ތައްޔާރުކުރުމާއި ކުރިޔަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  3. މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އަތޮޅުކައުންސިލްތަކާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  4. މިނިސްޓްރީން އަތޮޅުގެ ތަރައްޤީއަށް ހިންގާނެ މަޝްރޫތައް ދެނެގަތުމުގައި އެހީތެރިވެދިނުން
  5. ޕީ. އެސް. އައި. ޕީގައި ހިންމަނަން ގަސްދު ކުރާ މަޝްރޫޢުތަކުގެ ބަޖެޓު ހެދުމުގައި އެހީތެރިވެ ދިނުން
  6. ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން އަތޮޅުތަކަށް ކުރާދަތުރުތަކުގައި ނަގަންޖެހޭ މައުލޫމާތުތައް ނެގުމާއި ބެލެހެއްޓުމާއި އެނަލައިޒް ކުރުމާއި ދަތުރު ރިޕޯޓްތައް ލިޔުމާއި ސެކްޝަންގެ އަހަރު ރިޕޯޓް ލިޔުމާއި ސެކްޝަންގެ މަސައްކަތާގުޅޭ ޕްރޮސީޖަރ މެނުއަލް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
  7. އެއްފަސްކުރުމުގެ ސަބަބުން ނުވަތަ ސުނާމީގެ ސަބަބުން މީހުން ފައިބާފައިވާ ރަށްރަށް ފަޅުރަށްރަށުގެ ގޮތުގައި އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  8. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީނަގާނަމަ އެ މުވައްޒަފު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން އެ މުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  9. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު 4,465.00ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު 1,500.00ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / މީޑިއާ ސެކްޝަން/ ޕަބްލިކޭޝަން އެންޑް ރެޖިސްޓްރޭޝަން މީޑިއާ ޔުނިޓް / މާލެ

އަސާސީ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޖާނަލިޒަމްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް /  ޖާނަލިޒަމްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
    1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރަޖިސްޓްރީކޮށްފައިވާ އޮންލައިން ނޫސްތަކާއި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް ގަވާއިދުން ނެރެމުން ގެންދޭތޯބަލާ ޗެކްކުރުން.
  2. ސެކްޝަންގެ އެކްޝަން ޕްލޭން ޕްރޮގްރެސް ތައްޔާރުކުރުން.
  3. މިނިސްޓްރީގެ ވެބްސައިޓަށް  ބޭނުންވާ ޚަބަރަށް ފޮޓޯ ނެގުމާއި ފޮޓޯ ހޯދުމާއި ޚަބަރަށް ބޭނުންވާ މަޢުލޫމާތު ހޯދާ ޚަބަރު އެކުލަވާލުމުގެ މަސައްކަތް ކުރުން.
  4. ސެކްޝަނަށްލިބޭ އެންޓްރީ ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  5. ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ ނޯޓް އަދި މެމޯ ފޮނުވުމާއި ސެކްޝަނަށް ލިބޭ ސިޓީ، މެމޯ އަދި ނޯޓަށް ޖަވާބު ދިނުން.
  6. ތަންތަނަށް ފޯނުކޮށް ސެކްޝަނުން ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން ނުވަތަ ތަންތަނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  7. ސެކްޝަނާއި ގުޅުން ހުރި ކަންކަމުގައި ވެރިންނާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން.
  8. މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ސެކްޝަނާ ގުޅުންހުރި މަސައްކަތެއް ހަވާލުކުރެވިއްޖެނަމަ އެކަމެއް ކުރުން.
  9. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް 3

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު 7,035.00ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު 2,000.00ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ރެކްރޫޓްމަންޓް އެންޑް ޕާރފޯމަންސް ޔުނިޓް / މާލެ

އަސާސީ ޝަރުތު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  5. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އޮނިގަނޑުގައިވާ ގޮތަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި މަގާމު ބަދަލުކުރުމާއި އެލަވަންސްތަކާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މުވައްޒަފުންނަށް މުސާރަދިނުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވައި ދޭންޖެހޭ ލަފާދީ އަދި ބެލެހެއްޓުން.
  2. މުވައްޒަފުންގެ ވަޒީފާއާއި ޢިނާޔަތްތަކާ ބެހޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި، އެހެންވެސް މުވައްސަސާތަކާއި އަދި އަމިއްލަ ފަރުދުން ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  3. މުވައްޒަފުންގެ ޑިސިޕްލިންގެ ކަންތައްތައް ބަލަހައްޓައި، އިޞްލާޙީ ފިޔަވަޅު އެޅުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ބަލައި ލަފާދީ ކުރުވުން.
  4. މިނިސްޓްރީގެ އަންދާސީ ބަޖެޓް ތައްޔާރު ކުރުމަށް ޔުނިޓުން ދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދޭންޖެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.
  5. ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައް ކުރުވައި ބެލެހެއްޓުން.
  6. ޔުނިޓް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި ގެނެވެންހުރި ބަދަލުތައް ގެނައުން.
  7. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާއި، އަދި މުވައްޒަފުންގެ ފަރާތުން ހުށަހަޅާ ޝަކުވާތައް ބަލައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން.
  8. މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ބެލެހެއްޓުން.
  9. ޔުނިޓް ތަމްސީލުކުރާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  10. މުޅި އޮފީސް ޝާމިލުވާގޮތަށް މިނިސްޓްރީން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމު: އޮފީސް އެސިސްޓެންޓް

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:

އެސް.އެސް 2

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު3,470.00 ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު1,000.00 ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ  އޮފީސް / ސެކްޝަން / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޑްމިނިސްޓްރޭޝަން، އެން. ޖީ. އޯ ރެޖިސްޓްރޭޝަން އެންޑް ފަންކްޝަންސް / އެޑްމިނިސްޓްރޭޝަން އެންޑް ފަންކްޝަން / މާލެ

އަސާސީ ޝަރުތު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މިނިސްޓްރީން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި ތަކެތި އެފަރާތްތަކަށް ޙަވާލުކުރުން.
  2. މިނިސްޓްރީން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކާއި ގުޅިގެން ޙަވާލުކުރަންޖެހޭ ދަޢުވަތު ކާޑު ތަކާއި އެހެނިހެން ތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  3. ސްޓޮކަށް ތަކެތި ގެނައުމުގައާއި ތަކެތި ސްޓޮކްގަ ތަރުތީބު ކުރުމުގައި ސްޓޮކާއި ހަވާލުވުންނަވާ މުވައްޒަފަށް އެހީތެރިވެ ދިނުން.
  4. ޕްރޮކިއުމަންޓުން މިނިސްޓްރީއަށް ބޭނުންވާ ތަކެތި ހޯދުމުގައި އެސެކްޝަނަށް އެހީތެރިވުމާއި، މިނިސްޓްރީއަށް ހޯދާ ތަކެތި މިނިސްޓްރީއަށް ގެނައުން.
  5. ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ސެކްޝަނުން އަންގަވާ މަސައްކަތްތައް ކުރުން.
  6. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެހެން ސެކްޝަންތަކުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެގެން އެދިވަޑައިގެންފިނަމަ އެކަމެއްގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު އަދި ޕްރެކްޓިކަލް

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ދެވޭ  ޕްރެކްޓިކަލްއާއި، އިންޓަރވިއު އޮންނާނީ،2017 ފެބްރުއަރީ 7 ވަނަ ދުވަހާއި 2017 ފެބްރުއަރީ 23 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައި.

  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމާއި، މަސައްކަތު މަޤާމު ފިޔަވައި، ދެންހުރި މަޤާމުތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް / އިމްތިހާނު ކަރުދާހެއް ދެވޭނެއެވެ. އަދި މަސައްކަތު ތިން ދުވަސް ކުރިން، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް އަންގާ ސްލިޕް، އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލް ކުރެވޭނެއެވެ.
  • އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭ ބައިތައް، އިންޓަރވިއު އޮންނަ ތާރީޚުގެ މަސައްކަތު ތިން ދުވަސް ކުރިން  އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލް ކުރެވޭނެއެވެ.
  • ޕްރެކްޓިކަލްއާއި އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

ހުށަހަޅަން ޖެހޭ ތަކެތި:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް، އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. 5.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ފެބްރުއަރީ 5 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

         

                                

 

 

 

 

26 ޖަނަވަރީ 2017
ހޯދާ