ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު މީހުންގެ ދަފުތަރު އެކުލަވާލުން

އިޢްލާން

 މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވަގުތީ ގޮތުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދައި ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރަކީ 2017 ފެބްރުއަރީން ފެށިގެން 2018 ޖެނުއަރީގެ ނިޔަލަށް އެކުލަވާލެވޭ ދަފުތަރެކެވެ. މިދަފުތަރު ދެމިއޮންނާނީވެސް 2018 ޖެނުއަރީގެ ނިޔަލަށެވެ.  

 

މަޤާމު:

މަސައްކަތު

މުސާރަ:

މަހަކު -/3100 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓް ކުރީން ފެށިގެން ކޮންމެ ނަމާދު ވަގުތަކަށް 1 ގަޑިއިރު ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން
  2. ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން
  3. މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން
  4. މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން
  5. މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން
  6. މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
  7. މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތި ގޮތްގޮތަށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން
  8. މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން
  9. ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން
  10. މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

1-      ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން

ނުވަތަ

2-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުމާއެކު، ސިވިލް ސަރވިސްގެ އެސް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ސުންގަޑި:

05 ފެބްރުއަރީ 2017 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން

ހުށަހަޅަންޖެހޭ ލިއުންތައް:

1-      މިކަމަށް އެދި ހުށަހަޅާ ސިޓީ

2-      އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ

3-      ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ލިއުންތަކުގެ ކޮޕީ

4-      ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ

     

                       28 ރަބީޢުލްއާޚިރު 1438

                       26  ޖެނުއަރީ   2017

26 ޖަނަވަރީ 2017
ހޯދާ