ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ކިނބިދޫ

ދިވެހިރާއްޖެ                                                                    ނަމްބަރ: 393/393/2017/03 (IUL)

އިޢްލާން

                       ކުނިގޮނޑު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

    ކޮންޓްރެކްޓް އުޞޫލުން ކިނބިދޫ ކުނިގޮނޑު ސަރަޙައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    މިކަމާބެހޭ އިތުރު މަޢްލޫމާތު ތިރީގައި މިވަނީއެވެ.

            1- ކުރަންޖެހޭ މަސައްކަތްތަކަކީ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅައި ނައްތާލުމަށް ހަދާފައިވާ ކުނިގޮނޑު ސަރަޙައްދަށް ގެންނަ ކުނިތައް އެކިބާވަތްތައް ވަކިވަކިކޮށް އަނދާ ޒާދުގެ ތަކެތި އަންދައި އެނޫން ތަކެތި މަދިރި ނުއުފެދޭނެ ގޮތަކަށް އެއްތަނަކަށް ޖަމާކޮށް ގޮނޑު މެނޭޖްކޮށް ގޮނޑުގެ ސަރަޙައްދު ބެލެހެއްޓުން

            2- ގޮނޑުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު ދުވާލަކު 7 ގަޑިއިރުއެވެ.

            3- މިމަސައްކަތުގެ އަގެއްގެ ގޮތުގައި މަހަކަށް ހުށަހަޅުއްވާ އަގު -/5000 ރުފިޔާއަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި -/5500 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

            4- މިމަސައްކަތަށް ކުރިމަތިލައްވާފަރާތަކީ ޢުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ ފިރިހެނަކު ކަމުގައިވާންވާނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތް ވަޒީފާއެއްގައި އުޅޭ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

            5- މިމަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުމުގައި، އެމީހަކު ޢަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން އެޕްލޭނުގައިވާ ކަންތައްތަކަށް މާރކްސްދީ، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުން 05 ފެބްރުއަރީ 2017 ވަނަ ދުވަހުގެ މެންދުރުކުރި 9.00 ގައި މިއިދާރާގައި އޮންނާނެއެވެ. މިމަސައްކަތަށް ޕްރަޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 07 ފެބްރުއަރީ 2017 ވަނަ ދުވަހުގެ މެންދުރު ކުރި 11.00 ގައި މިއިދާރާގައެވެ.

     މަޢްލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                      26 ރަބީޢުލް އާޚިރު 1438

                      24 ޖެނުއަރީ     2017

 

 

 

24 ޖަނަވަރީ 2017
ހޯދާ