މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ، ޕްރޮކިއުމަންޓް އަދި ސްޓޯރ އޮފސަރ ގްރޭޑް 2

މަޤާމް :އެސިސްޓަންޓް އޮފިސަރ، ޕްރޮކިއުމަންޓް
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް

ޝަރުތު :

  • އޭ ލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ހާސިލްކޮށްފައިވުން.

  • އެޗް.އެސް.އީ ދިވެހިން ދަށްވެގެން "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ލިބިފައިވުން.

  • ފަރިތަކަމާއެކު ކޮމްޕިއުޓަރ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.

  • ސިއްރު މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ގިނަ ވަގުތު މަސައްކަތްކުރެވޭ ފަރާތަކަށްވުން.

  • އަމިއްލައަށް އިސްނަގައިގެން ޒިންމާދާރުކޮށް މަސައްކަތްކުރާ، ޓީމަކާއެކު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

  • ވަގުތު އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް، ޙަވާލުކުރެވޭ މަސައްކަތްތައް ސުންގަޑިއަށް ނިންމޭނެ ފަރާތަކަށްވުން.

  • ޓެންޑަރ އަދި ޕްރޮކިއުމަންޓްގެ ދާއިރާގައި ތަޖުރިބާ ޙާސިލްކޮށްފައިވާ، އަދި ސަރުކާރުގެ ޕްރޮކިއުމަންޓް އަދި ޓެންޑަރިންގ މަސައްކަތްތައް ހިނގާ ގޮތާއި ބެހޭ މަޢުލޫމާތާއި ޤާނޫނާއި ޤަވާޢިދުތައް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • އުމުރު: 18 – 30 އަހަރު. 

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުދަލާއި ޙިދުމަތްތައް ހޯދައިދިނުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރުން.

  • ޓެންޑަރ އަދި ޕްރޮކިއުމަންޓްއަށް ބޭނުންކުރެވޭ ޕީ.އާރްތަކުގެ މަސައްކަތްކުރުން.

  • ޓެންޑަރ އިޢުލާންތައް ތައްޔާރުކޮށް، ގެޒެޓް، ނޫސް އަދި ކުންފުނީ ވެބްސައިޓްގައި ޝާއިއުކުރުން.

  • ބިޑް މީޓިންގ އަށް ތައްޔާރުވުމުން ފެށިގެން ކޮންޓްރެކްޓް ހަވާލުކުރުމާއި ހަމަޔަށް ކުރަންޖެހޭ އެންމެހާ ޓެންޑަރ އާއިބެހޭ މަސައްކަތްތައް ކުރުން.

  • ޕީ.އޯ އަދި ކޮންޓްރެކްޓްތަކާއި އެއްގޮތަށް ފައިސާ ދެއްކުމާއި ސުންގަޑިއަށް މަސައްކަތްތައް ނިމޭތޯ ބަލައި ޗެކްކުރުން.

  • ކުރެވޭ އިތުރު މަސައްކަތްތަކުގައި އިދާރީގޮތުން ސެކްޝަނަށް އެއްބާރުލުން ދިނުން.

މަޤާމް :ސްޓޯރ އޮފިސަރ ގްރޭޑް 2
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް

ޝަރުތު :

  • އޯލެވެލް ފުރިހަމަކޮށްފައިވުން.

  • ގުޅުންހުރި ދާއިރާއެއްގައި 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

  • ބަރު ތަކެތި އުފުލައިހެދޭ، ދުޅަހެޔޮ ސިއްޙަތެއް ލިބިފައިވުން.

  • އިނގިރޭސި އަދި ދިވެހި ބަހުން ރަނގަޅަށް ލިޔަންކިޔަން އެނގުން.

  • ކޮމްޕިއުޓަރ އެޕްލިކޭޝަންތައް އަދި އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  • އުމުރު: 25 – 45 އަހަރު.

 

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް އިންވެންޓްރީ ތައްޔާރުކުރުން.

  • ޕީ. އާރް ތައްޔާރުކުރުން.

  • ޕީ. އާރް ޓްރެކްކޮށް، މަސައްކަތް އަވަސްކުރުމަށްޓަކައި ދަތިވާކަންތައްތައް ޕްރޮކިއުމަންޓަށް އަންގައި، އެކުގައި މަސައްކަތްކުރުން.

  • ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ދޫކުރުން.

  • ލިބޭ މުދާ، އޮރެކަލްގައި ވާ ލޮކޭޝަންތަކާއި އެއްގޮތަށް ހަރުތަކުގައި އެތުރުން.

  • އިންވެންޓްރީ ޗެކްކުރާ ޓީމްގައި ޢަމަލީގޮތުން ހަރަކާތްތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

- ވަޒީފާއަށް އެދޭ ފޯމް (www.macl.aero  އިން ޑައުންލޯޑް ކުރެއްވުމަށްފަހު ފުރިހަމަކުރައްވާ)

- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :     

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނައީމް،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

 

އިތުރު މަޢުލޫމާތު : ފޯނު –  3325511

 

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށައަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީ އާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށައަޅުއްވާށެއެވެ.

24 ޖަނަވަރީ 2017
ހޯދާ